14 ޑިސެންބަރު 2023 - 11:45 1
މުހައްމަދު ޖަމްޝަތު ވަހީދު
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ދައުވާކޮށްފައިވާ ޔުނާން އާއި އޭނާގެ އަންހެނުން ރިހުލާ
14 ޑިސެންބަރު 2023 - 11:45 1
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ފިލްމީތަރި މުހައްމަދު ޔުނާން ބަންދުން ދޫކޮށްލައިފި އެވެ.
ޔުނާން ބަންދުން ދޫކުރިކަން މޯލްޑިވްސް ކަރެކްޝަން ސާވިސް އިން "އަދަދު" އަށް ކަށަވަރުކޮށްދިން ނަމަވެސް އެކަމާ ބެހޭ އިތުރު ތަފްސީލެއް ނުދެ އެވެ.
ކަރެކްޝަން އިން ބުނިގޮތުގައި ޔުނާން ބަންދުން ދޫކުރުމަށް ކޯޓުން ނިންމީ މިއަދު އެވެ. އަދި އޭނާ ބަންދުން ދޫކުރީ ޝަރުތުތަކާ އެކު ކަމަށް ބުންޏެވެ.
ހުޅުމާލޭގައި އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކާއިއެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ފިލްމީ ތަރި ޔުނާން އާއި އޭނާގެ އަންހެނުން ފާތިމަތު ރިހުލާ ހައްޔަރުކުރީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު ގަ އެވެ.
އެ މައްސަލާގައި ރިހުލާވެސް ޝަރީއަތް ނިމެންދެން ބަންދުކުރި އެވެ. ނަމަވެސް މިދިޔަ މާޗް މަހު ރިހުލާ ވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.
33.33%
0.00%
66.67%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
އަލަމްގިރީ
over 1 year ago
ޔާމީނެއް، އިބޫއެއް މުއިޒެއް ނޫން މިގައުމުގައި ކުއްވެރިވާނެ ރައްޔިތަކަށް އިންސާފު ލިބޭނެ އެއްކަމެއްވެސް ނޯވޭ. މިގައުމަކީ ހަމައެއް ލަމައެއްނެތް އެބަޔަކު ބޭނުންގޮތަކަށް އުޅެން ދޫކޮށްލާފައި އޮތް މިދުނިޔޭގައިވެސް އޮތް ހަމައެކަނި ގައުމު. މިގައުމުގައި ކުއްވެރިވާނީ އަދި އެންމެ ވިޔާނުދާ ބަޔަކަށް އެންމެންވެސް މިލޭބަލްކުރާ ބަޔަކޫ ހަކުރުބޯމީހާ. އެއީ މިމީހުންގެ މިކުޅިތައް ފޮރުވުމަށް ބޭނުންކުރާ ހަތިޔާރެއް.
Comment