Advertisement

100 ޑޮލަރުގެ ސައްހަ ނޫން ނޫޓުތަކެއް ދައުރުވަނީ، ސަމާލުވޭ!

12 ޑިސެންބަރު 2023 - 12:23 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ސައްހަ ނޫން ޔޫއެސް ޑޮލަރުގެ ނޫޓު -- ފޮޓޯ: އަދަދު


100 ޑޮލަރުގެ ސައްހަ ނޫން ނޫޓުތަކެއް ދައުރުވަނީ، ސަމާލުވޭ!

12 ޑިސެންބަރު 2023 - 12:23 0

100 ޔޫއެސް ޑޮލަރުގެ ސައްހަ ނޫން ނޫޓު ދައުރުވަމުންދާތީ ސަމާލުވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެދިއްޖެ އެވެ.

މި މައްސަލައާއި ގުޅިގެން އެމްއެމްއޭއިން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ދައުރުވަމުންދާ ނޫޓުތަކަކީ 1996 އިން ފެށިގެން 2016 ވަނަ އަހަރާއި ދެމެދުގެ ތާރީހެއްގައި ޕްރިން ޓްކޮށްފައިވާ، ހުދު ބޯޑަރު ހިމެނޭ ޔޫއެސް ޑޮލަރުގެ ނޫޓުތަކެއް ކަމަށެވެ.

ޔޫއެސް ޑޮލަރުގެ ސައްހަ ނޫން ނޫޓުތަކުގައި ފާހަގަކުރެވޭ ކަންތައްތައް

  • ސައްހަ ނޫޓާއި ތަފާތު ކަރުދާހެއްގައި ޕްރިންޓުކޮށްފައި ހުރުން.
  • ނޫޓު އައްޔަށް ދިއްކުރުމުން ނޫޓުގެ ކަނާއަތް ފަރާތުގައި ފެންނަން ހުންނަ ބެންޖަމިން ފްރެންކްލިންގެ ފޮޓޯ ހިމެނޭ ފެންމަރުކާ ސައްހަ ނޫޓާ ތަފާތުކޮށް ހުރުން.
  • ނޫޓު އައްޔަށް ދިއްކުރުމުން ނޫޓުގެ ވައަތްފަރާތުން ފެންނަންހުންނަ “100 USA “ލިޔެފައިވާ ސަލާމަތީ ރޮދިފަށް ނޫޓުގެ ދެފަރާތުން ފެންނަން ނެތުން.
  • ނޫޓު އަލްޓްރާ ވައިލެޓް އައްޔަށް ދިއްކުރުމުން ނޫޓުގައި ދިއްލިފައި ހުންނަންޖެހޭ ސަލާމަތީ ރޮދިފަށް ނޫޓުގެ ދެފަރާތުން ދިއްލިފައި ނެތުމާއި ނޫޓުގެ މޫނުމަތީގައި ރަތް އަދި ނޫކުލައިން ދިއްލިފައި ހުންނަންޖެހޭ ސެކިއުރިޓީ ފައިބާ ނެތުން.
  • ނޫޓުގެ ކަނާއަތް ފަރާތުން ތިރީގައި ހިމަނާފައިވާ މޫނުމަތީ އަގު ނޫޓު އަރިކުރުމުން ކުލަ ބަދަލު ނުވުން.

އެމްއެމްއޭއިން ވަނީ 100 ޔޫއެސް ޑޮލަރުގެ ހުދު ބޯޑަރު ހިމެނޭ ނޫޓު ބަލައިގަތުމުގައި ސަމާލުވުމަށާއި ބަލައިގަނެވޭ ނޫޓުގެ ސައްހަ ކަމާމެދު ޝައްކުކުރެވޭ އެއްވެސް ނޫޓެއް ފެނިއްޖެނަމަ، އެ އޮތޯރިޓީއަށް ގެނެސް އެ ނޫޓެއްގެ ސައްހަ ކަން ޔަގީންކުރުމަށް އެދިފަ އެވެ.