Advertisement

ގޫގުލްއިން ޕްލޭސްޓޯގައި "މޮނޮޕޮލީ" އެއް ގެންގުޅޭ ކަމަށް މައްސަލަ ބެލި ޖޫރީން ނިންމައިފި

12 ޑިސެންބަރު 2023 - 11:18 0

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު


ގޫގުލްއިން ޕްލޭސްޓޯގައި "މޮނޮޕޮލީ" އެއް ގެންގުޅޭ ކަމަށް މައްސަލަ ބެލި ޖޫރީން ނިންމައިފި

12 ޑިސެންބަރު 2023 - 11:18 0

މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި ގޫގުލްގެ، ގޫގުލް ޕްލޭ ސްޓޯރާއި ގޫގުލް ޕްލޭ ބިލިން ސާވިސް، ގާނޫނާ ހިލާފު މޮނޮޕޮލީއަކަށް އެކުންފުނިން ހަދާފައިވާކަމަށް އެ މައްސަލަ ބަލާ ޖޫރީން ނިންމައިފި އެވެ.

ގިނަބައެއްގެ މެދުގައި މަގުބޫލު އޮންލައިން ގޭމު "ފޯޓްނައިޓް" އުފައްދާ ކުންފުނި "އެޕިކް ގޭމްސް" އިން، މިކަމާއި ގުޅިގެން ގޫގުލްއާ ދެކޮޅަށް ދައުވާކޮށްފައިވަނީ މީގެ ތިން އަހަރު ކުރިންނެވެ. މައްސަލަ ހުށަހަޅަމުން އެޕިކް އިން އެދިފައިވަނީ ގޫގުލްގެ "މޮނޮޕޮލީ" ހުއްޓުވައި ނުމަށެވެ.

މައްސަލާގެ ޖޫރީން އެޕިކްއަށް ތާއީދުކުރަމުން ބުނެފައިވަނީ، "މޮނޮޕޮލީ" ގެ ބާރު ގޫގުލްއަށް ލިބިގެންވާ ކަމަށާއި، އެ ބާރު ބޭނުންކޮށް އެހެން ފަރާތްތައް ކުރިއަރަން ހުރަސްއަޅާފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އެޕިކް ގޭމްސްއަށް ގެއްލުން ލިބެމުންދާ ކަމަށް ވެސް ޖޫރީން ވަނީ ބުނެފަ އެވެ.

ޖޫރީންގެ ނިންމުމާ އެކު އެޕިކް ގޭމްސް އިން ބުނީ މިއީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ހުރިހާ ޑިވެލޮޕަރުންނަށާއި ކޮންސިއުމަރުންނަށް އުންމީދުއާވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެޕިކް އިން އެދިފައި އޮތީ ޑިވެލޮޕަރުންނަށް އެބައެއްގެ އަމިއްލަ އެޕް ސްޓޯތަކާއި ބިލިން ސިސްޓަމްތައް އެންޑްރޮއިޑަށް ގެނެވޭނެ ގޮތެއް ފަހިކޮށްދިނުމަށެވެ. އެކަމުގެ ސަބަބުން ގޫގުލް ޕްލޭސްޓޯރަށް ޑިވަލަޕަރުން މިހާރު ދައްކާ ފީތައް ދެއްކުން ނިމުމަކަށް އައިސް، ފައިދާ އިތުރުވެގެންދާނެ ކަމަށް އެކުންފުނިން ގަބޫލުކުރެ އެވެ.

ޖޫރީން ގޮތެއް ނިންމާފައިވީ ނަމަވެސް މައްސަލަ ނިމޭނީ ފަނޑިޔާރުގެ ހުކުމުންނެވެ. ހުކުމް ކުރުމަށް ތާވާލުކޮށްފައި އޮތީ އަންނަ މަހަށެވެ.

އެޕިކް އިން ވަނީ ހަމަ މިފަދަ މައްސަލައެއް އެޕަލްއާ ދެކޮޅަށް ވެސް ހުށަހަޅާފަ އެވެ. ނަމަވެސް އެ މައްސަލަ ނިންމާފައިވަނީ ޖޫރީއެއް ނެތި، އެޕިކްއާ ދެކޮޅަށެވެ.

ގޫގުލްއާ ދެކޮޅަށް ކޮށްފައިވާ "ސާޗް އިންޖީން "މޮނޮޕޮލީ" މައްސަލައެއް ވެސް މިވަގުތު އެމެރިކާގެ ކޯޓެއްގައި ކުރިއަށްދެ އެވެ. އެ މައްސަލާގެ ޝަރީއަތަތްކަގެ ތެރެއިން ވަނީ، އެޕަލްގެ "ޑިފޮލްޓް ސާޗް އިންޖީން" ގެ ގޮތުގައި ގޫގުލް ބޭންދުމަށް، ގޫގުލް އިން އެޕަލްއަށް އަހަރަކު 18 ބިލިއަން ޑޮލަރު ދޭކަން ހާމަވެފަ އެވެ.