Advertisement

މަހަކަށް ވުރެ ގިނަ ދުވަސް ފަހުން ޓޮޓެންހަމަށް ލީގުގައި މޮޅެއް

11 ޑިސެންބަރު 2023 - 09:08 0


މަހަކަށް ވުރެ ގިނަ ދުވަސް ފަހުން ޓޮޓެންހަމަށް ލީގުގައި މޮޅެއް

11 ޑިސެންބަރު 2023 - 09:08 0

ލަންޑަން (ޑިސެމްބަރު 11) - ނިއުކާސަލް ޔުނައިޓެޑް ކައިރިން 4-1 އިން ކުރިހޯދައި، މަހަކަށް ވުރެ ގިނަ ދުވަސް ފަހުން، އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާސް އިން މޮޅެއް ހޯދައިފި އެވެ.

ޓޮޓެންހަމުން އޮސްޓްރޭލިއާ އަށް އުފަން، ކޯޗު އަންގޭ ޕޮސްޓެކޮގްލޫގެ އިރުޝާދުގެ ދަށުން ލީގު ފެށީ ރަނގަޅު ފޯމެއްގަ އެވެ. އެކަމަކު، ފާއިތުވި މެޗުތަކުގައި އެ ޓީމަށް ނަތީޖާ ނުނެރެވި ޕްރެޝަރަށް ވެއްޓުނެވެ. ލީގުގައި އޮކްޓޫބަރު މަހު 27 ވަނަ ދުވަހު ކްރިސްޓަލް ޕެލަސް ބަލިކުރި ފަހުން، ދެން ކުޅުނު ފަސް މެޗުން ހަތަރު މެޗުން ބަލިވި އެވެ. އެ ނަތީޖާތަކަށް ފަހު، ރޭ ވަނީ ނިއުކާސަލް އަތުން ބޮޑު މޮޅެއް ހޯދައި އިތުބާރު ހޯދައިފަ އެވެ.

ލީގުގެ ފަސް ވަނައިގައި ޓޮޓެންހަމް އޮތީ 16 މެޗުން 30 ޕޮއިންޓާ އެކު އެވެ.

ޓޮޓެންހަމް ހޮޓްސްޕާސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ލީޑުނެގީ މެޗުގެ 26 ވަނަ މިނިޓްގައި ޑެސްޓިނީ އުޑޯގީ ޖެހި ލަނޑުންނެވެ. ސޮން ހެއުން މިން ދިން ބޯޅައަކުން އުޑޯގީ މި ލަނޑު ޖެހިއިރު، މެޗުގެ 38 ވަނަ މިނިޓްގައި ޓޮޓެންހަމްގެ ދެ ވަނަ ލަނޑު ޖަހަން، ރިޗާލިސަން އަށް ވެސް ފުރުސަތު ތަނަވަސްކޮށްދިނީ ސޮން އެވެ. ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން، މެޗުގެ 60 ވަަނަ މިނިޓްގައި ރިޗާލިސަން ވަނީ ޓޮޓެންހަމް އަށް ތިން ވަނަ ގޯލެއް ޖަހައިދީފަ އެވެ.

މެޗުގެ 85 ވަނަ މިނިޓްގައި ޓޮޓެންހަމްގެ ހަތަރު ވަނަ ގޯލު ޖެހީ ޕެނަލްޓީ އަކުން ސޮން އެވެ. މިއީ ސޮން އަށް ނިއުކާސަލްގެ ކީޕަރު، މާޓިން ޑުބްރާވްކާ ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ޖޮއެލިންޓަން ވަނީ ނިއުކާސަލަށް ގޯލެއް ޖަަހައިދީފަ އެވެ.

މި މެޗުން ބަލިވި ނިއުކާސަލް އޮތީ ލީގުގެ ހަތް ވަނައިގަ އެވެ. އެއީ 16 މެޗުން ލިބުނު 26 ޕޮއިންޓާ އެކު އެވެ.