Advertisement

ފިހާރައަކުން ވައްކަން ކުރަން ވަދެ ސޭޓަށް ހަމަލާދިން މީހާ ހައްޔަރުކުރިއިރު އަތުގައި މަސްތުވާތަކެތި

10 ޑިސެންބަރު 2023 - 23:24 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އައްޑޫ ހިތަދޫ މަގެއްގެ މަތި : އައްޑޫގައި ފިހާރައަކަށް ވައްކަންކުރަން ވަދެ ސޭޓަށް ހަމަލާދިން މީހާ ހައްޔަރުކުރިއިރު އަތުގައި މަސްތުވާތަކެތި - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ފިހާރައަކުން ވައްކަން ކުރަން ވަދެ ސޭޓަށް ހަމަލާދިން މީހާ ހައްޔަރުކުރިއިރު އަތުގައި މަސްތުވާތަކެތި

10 ޑިސެންބަރު 2023 - 23:24 0

އައްޑޫ ސިޓީ ހިތަދޫ ފިހާރައަކަށް ވަދެ ވައްކަންކުރަން އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބުނީ މިއަދު މެންދުރުފަހު 3:10 ހާއިރު ކަމަށެވެ. އަދި އެ މައްސަލާގައި ފިހާރައަށް ވަން މީހާ ހުއްޓުވަން އުޅުމުގެ ތެރޭގައި ފިހާރައިގެ ސޭޓަށް އަނިޔާވެފައިވާ ކަމަށް ވެސް ފުލުހުން މީޑިއާތަކަށް ބުނެފައިވެ އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އޭނާ ހައްޔަރުކޮށް ބަލާ ފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 18 ޕެކެޓު ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި ސޭޓަށް ބޮޑެތި އަނިޔާތަކެއް ލިބިފައެއް ނުވެ އެވެ. އޭނާއަށް އައްޑޫ އެކިއަޓޯރިއަލް ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ.

މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާއިރު ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި އައްޑޫގައި ވަނީ ސިލްސިލާ މާރާމާރީތަކެއް ހިނގާފަ އެވެ.

އައްޑޫގެ ދެ ގްރޫޕެއްގެ މެދުގައި ހިނގާ އެ މާރާމާރީތަކާ ގުޅިގެން އެ ސިޓީ އަދި މާލޭގައި ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއްވެސް ފަށާފަ އެވެ. އެ އޮޕަރޭޝަނުގެ ދަށުން އައްޑޫއިން 11 މީހަކު ހައްޔަރުކޮށް މާރާމާރީ ހިންގުމަށް ތައްޔާރުކޮށްފައިވާ ތޫނު ހަތިޔާރުތަކެއް ފުލުހުން ވަނީ އަތުލައިގަނެފަ އެވެ.