Advertisement

ޕީއެންސީގެ ޓިކެޓްގައި ނާޒިމު އަލުން ދިއްގަރު ދާއިރާއަށް ވާދަކުރައްވަނީ

10 ޑިސެންބަރު 2023 - 17:25 0

ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމު ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވަން ފޯމު ހުށަހަޅުއްވަނީ. ފޮޓޯ: ސޯޝަލް މީޑިއާ


ޕީއެންސީގެ ޓިކެޓްގައި ނާޒިމު އަލުން ދިއްގަރު ދާއިރާއަށް ވާދަކުރައްވަނީ

10 ޑިސެންބަރު 2023 - 17:25 0

އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި ދިއްގަރު ދާއިރާގެ މެމްބަރުކަމުގައި ހުންނަވަނިކޮށް، ޖަލު ހުކުމެއް އައުމުގެ ސަބަބުން ގޮނޑި ގެއްލުނު އަހުމަދު ނާޒިމު، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޓިކެޓްގައި ހަމަ އެ ދާއިރާއަށް ވާދަކުރައްވަން ފޯމު ހުށަހަޅުއްވައިފި އެވެ.

އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް ނާޒިމު އިންތިހާބުވީ ޕީޕީއެމްގެ ޓިކެޓްގަ އެވެ. އެ މަޖިލީހުގެ ނައިބު ރައީސަކަން ވެސް އޭނާ ކުރެއްވި އެވެ. އޭރުގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ނާޒިމު ހައްޔަރުކުރީ މަކަރާއި ހީލަތް ހެދުމުގެ ތުހުމަތުގަ އެވެ. އެ ތުހުމަތުތައް ޝަރުއީ ހުރިހާ މަރުހަލާއެއްގައި ސާބިތުވެ އޭނާ 25 އަހަރަށް ޖަލަށް ލި އެވެ.

އެހެން ނަމަވެސް ސުޕްރީމް ކޯޓުން ފަހުން ވަނީ އޭނާގެ މައްސަލަ މުރާޖައާކޮށް،ކުށްވެރި ނުވާ ކަމަށް ކަނޑައަަޅައިފަ އެވެ.

ނާޒިމަކީ ކުރިން ޔާމީނުގެ ވަރަށް އަރިސްބޭފުޅެކެވެ.