Advertisement

އެންޑޯމެޓްރިއޯސިސް އަދި ޕީސީއޯއެސްއަށް އާސަންދައިގެ ފުލް ކަވަރޭޖު

10 ޑިސެންބަރު 2023 - 17:05 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އައިޖީއެމްއެޗަށް ބަޔަކު ވަންނަނީ : އެންޑޯމެޓްރިއޯސިސް އަދި ޕީސީއޯއެސްގެ ފަރުވާއަށް އާސަންދައިގެ ތެރެއިން ފުލް ކަވަރޭޖު ލިބޭ ގޮތް ހަދައިފި - ފޮޓޯ: އަދަދު


އެންޑޯމެޓްރިއޯސިސް އަދި ޕީސީއޯއެސްއަށް އާސަންދައިގެ ފުލް ކަވަރޭޖު

10 ޑިސެންބަރު 2023 - 17:05 0

އަންހެނުންނަށް ދިމާވާ އެންޑޯމެޓްރިއޯސިސް އަދި ޕީސީއޯއެސް އަށް ހޯދާ ފަރުވާތަކަށް އާސަންދައިގެ ފުލް ކަވަރޭޖު ލިބޭނެ ގޮތް ހެދުމަށް މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުން ފާސްކޮށް އެކަން އިއުލާނުކޮށްފި އެވެ.

މިކަން އިއުލާނުކުރެއްވީ މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ އަންޑަ ސެކެރެޓަރީ ފޯ ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލު އެވެ.

އޭނާ ވިދާޅުވީ އެ ދެ ބައްޔަށް ވެސް ޑައިގްނޯސް ކުރެވޭ ގޮތެއްގެ ސަބަބުން އެ ބަލިތަކަށް ފަރުވާ ހޯދުމުގައި އާސައިންދައިން ފުރިހަމަ ކަަވަރޭޖު ނުލިބޭ ކަމަށެވެ. އަދި މިއީ ރާއްޖޭގަ އަންހެނުންގެ އާބާދިގެ ގިނަ ބަޔަކު ފަރުވާ ހޯދާ ބަލިތަކެއްކަން ފާހަގަވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި މައްސަލައަކީ އޭގެ ޒާތުގަ މިދިޔަ ހަފުތާގެ ކެބިނެޓު ބައްދަލުވުމުގައި ދަރިމައިވުމުގެ ފަރުވާ އާސަންދައިގެ ތެރެއިން އިތުރަށް ފަހިކޮށްދިނުމާއި، އަދި އެހެންމެ އައިވީއެފް ޓްރީޓްމެންޓު ހިމެނިގެންދާ ގޮތަށް އާސަންދައިގެ ކަވަރޭޖް ފުޅާ ކުރުމަށް ނިންމި ނިންމުމުގެ ތެރެއިން އެޔަށް އިތުރުވެގެންދާ ބޮޅެއްގެ ގޮތުގައ އިތުރުވެގެން އަންނަ މުހިންމު ސިޔާސަތެއް"

ފިރުޒުލް ފާހަގަކުރެއްވީ އެ ދެ ބަލި މި ސިޔާސަތުގެ ތެރޭގައި ހިމަނަން ސަރުކާރުން ނިންމީ އެއީ ޑައިގްނޯޒް ކުރެވޭ ގޮތުން ދަރިމައިވުމުގެ ސިއްހަތާ ގުޅިގެންދާ ކަމަކަށް ވާތީ ކަމަށާއި އެކަން ކުރިން އެގޮތަށް، އާސަންދައިގެ ތެރެއިން ފުރިހަމަ ކަވަރޭޖެއް ނުލިބޭތީ ކަމަށެވެ.

އޭގެއިތުރުން، ދަރިމައިވުމުގެ މައްސަލަތަކާމެދު ސިއްހީ ހިދުމަތްތެރިންނާއި އާންމުގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުމަށްވެސް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމާފައިވާ ކަމަށް ފިރުޒުލް ވަނީ ހާމަކުރައްވާފަ އެވެ.