Advertisement

އެލައިޑްގެ މެނޭޖިން ޑިރެކްޓަރަކަށް ލުވައިޒް އައްޔަންކޮށްފި

10 ޑިސެންބަރު 2023 - 13:31 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

އެލައިޑްގެ މެނޭޖިން ޑިރެކްޓަރު ހުސެން ލުވައިޒް--


އެލައިޑްގެ މެނޭޖިން ޑިރެކްޓަރަކަށް ލުވައިޒް އައްޔަންކޮށްފި

10 ޑިސެންބަރު 2023 - 13:31 0

އެލައިޑް އިންޝުއަރެންސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެ ކުންފުނީގެ ކްލެއިމްސް ސެކްޝަންގެ މެނޭޖަރުގެ މަގާމުގައި ހުންނެވި ހުސެން ލުވައިޒް އައްޔަނުކޮށްފި އެވެ.

އެލައިޑުގެ މައި ކުންފުނި، އެސްޓީއޯ އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން އެލައިޑްގެ މެނޭޖިން ޑިރެކްޓަރެއްގެ ގޮތުގައި ހުސެން ލުވައިޒް އައްޔަނުކުރުމަށް އެ ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

ލުވައިޒް ވަނީ 21 އަހަރަށް ވުރެ ދިގު މުއްދަތަކަށް އެލައިޑުގައި މަސައްކަތް ކުރައްވާފަ އެވެ.

އޭނާ ވަނީ މެލޭޝިއާގެ ސަންވޭ ޔުނިވަސިޓީގެ އިތުރުން، ސިންގަޕޯ ކޮލެޖް އޮފް އިންޝުއަރެންސް އާއި މެލޭޝިއަން އިންޝުއަރެންސް އިންސްޓިޓިއުޓުން ތައުލީމު ހާސިލްކުރައްވާފަ އެވެ.

އެލައިޑްގެ އެމްޑީއަކަށް މީގެ ކުރިން ހުންނެވީ އެ ކުންފުންޏަށް 29 އަހަރު ވަންދެން ހިދުމަތް ކުރެއްވި މުހައްމަދު ޝަފާޒް އެވެ.