Advertisement

ދުނިޔޭން އިންސާނިއްޔަތުކަން ދަނީ ގެއްލެމުން: ގުޓާރެސް

10 ޑިސެންބަރު 2023 - 11:41 0

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރެސް. އޭނާ ވިދާޅުވީ ދުނިޔެއިން އިންސާނިއްޔަތުކަން ނެތެމުންދާ ކަަމަށް. ފޮޓޯ:ޔޫއެން


ދުނިޔޭން އިންސާނިއްޔަތުކަން ދަނީ ގެއްލެމުން: ގުޓާރެސް

10 ޑިސެންބަރު 2023 - 11:41 0

އިންސާނީ ހައްގުތަކާ ބެހޭ ބައިނަލް އަގުވާމީ މުއާހަދާ މީގެ 75 އަހަރުކުރިން އެކުލަވައިލި އިރު އޮތް ވަރުގެ މުހިއްމު ކަމެއް އެ މުއާހަދާއަށް މިއަދު ވެސް އެބަ އޮތް ކަމަށާއި ދުނިޔެއިން އިންސާނިއްޔަތުކަން ދަނީ ކެނޑެމުން ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެެރަލް އެންޓޯނިއޯ ގުޓާރެސް ވިދާޅުވެއްޖެ އެވެ.

މިއަދަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އިންސާނީ ހައްގުތަކުގެ ދުވަހެވެ. އިންސާނީ ހައްގުތަކުގެ ދުވަހުގެ ގޮތުގައި ފާހަަކުރަނީ ޔުނިވާސަލް ޑެކްލަރޭޝަން އޮފް ހިއުމަން ރައިޓްސް ނުވަަތަ ( އިންސާނީ ހައްގުތަކާ ބެހޭ ބައިނަލް އަގުވާމީ މުއާހަދާ) ގައުމުތަކުން ތަސްދީގުކޮށް އަމަލުކުރަން ފެށި ދުވަހެވެ. އެ ކަމަށް މިއަދު ފުރުނީ 75 އަހަރެވެ.

ފަލަސްތީނުގެ ނަން ވެސް ނުގަނޭ

މިއަހަރުގެ އިންސާނީ ހައްގުތަކުގެ ދުވަހާ ގުޅުވައި ގުޓަރެސް އާއްމުކުރެއްވި މެސެޖްގައި ވިދާޅުވީ އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާ އަކީ ހަނގުރާމަތައް ހުއްޓުވައި، ބައިބައިވުންތައް ހަމަޖައްސައި، އަމާންކަމާއި އެކު ޝަރަފުވެރި ދިރިއުޅުމެއް އުޅުމެއް އެންމެނަށް ލިބިދިނުމުގެ މަގުޗާޓެއް ކަމަށެވެ.

"އެކަމަކު ދުނިޔެއަށް ދަނީ މަގު ގެއްލެމުން، ހަމަނުޖެހުންތައް ދަނީ އިތުރުވަމުން، ފަގީރުކަމާއި ބަނޑުހައިހޫނުކަން ދަނީ އިތުރުވަމުން،" ގުޓަރެސް ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވަމުން އަންނަ ކާރިސާއަކީ ވެސް އިންސާނީ ހައްގުތަކުގެ ކާރިސާ އެކެވެ.

މިއަަހަރުގެ އިންސާނީ ހައްގުތަކުގެ ދުވަސް އައި އިރު، އިންސާނީ ހައްގުތަކުގެ ދާއިރާއިން ދުނިޔެއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލަ އަކީ ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާއްމުތަކެވެ. ފަލަސްތީނުގެ ޣައްޒާއަށް އިޒްރޭލުން މެދުނުކެނޑި ބޮންއަޅާތާ ދެ މަހަށް ވުރެ ގިނަ ވި އިރު އެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 17،000 އަށް ވުރެ މައްޗެވެ.

ގޮތެއް ފޮތެއް ނުބަލައި އާއްމުންގެ ގެތަކަށާއި ސްކޫލްތަކަށާއި މިސްކިތްތަކަށް ބޮން އެޅުމުގެ އިތުރުން މީހުން ތިބި ހިޔާވަހިތަކުން ނެރެ، އެތައް ސަތޭކަ ބަޔަކު އެއްފަހަރާ މަރައިލުން ފަދަ އެތައް ޖަރީމާއެއް އިޒްރޭލުން ގެންދަނީ ހިންގަމުންނެވެ.

އެހެން ނަމަވެސް އދ. ގެ ސެކްރެޓަރީ ޖެނެރަލް ގެ މެސެޖްގައި ފަލަސްތީނު މީހުންގެ ނަން ވެސް ނުގަނެ އެވެ.