މޭޑޭ ރެލީ: އަބުރުވެރި، އެކުވެރި މަސައްކަތު މާހައުލަކަށް މަސައްކަތްތެރިން އަޑު އުފުލައިފި

މަސައްކަތްތެރިންގެ ދުވަސް (މޭ ޑޭ) ގެ މުނާސަބަތުގައި ކުރިއަށްދާ ރެލީގައި މަސައްކަތްތެރިން ހައްގުތަކަށް އަޑު އުފުލަނީ - ފޮޓޯ: މިރާން ނާޝިމް / އަދަދު

މަސައްކަތްތެރިންގެ ދުވަސް (މޭ ޑޭ) ގެ މުނާސަބަތުގައި ކުރިއަށްދާ ރެލީގައި މަސައްކަތްތެރިން ހައްގުތަކަށް އަޑު އުފުލަނީ - ފޮޓޯ: މިރާން ނާޝިމް / އަދަދު

މަސައްކަތުގެ ބުރަމިން ކުޑަކޮށްދީ އަބުރުވެރި، އަދި މަސައްކަތްތެރިންގެ އާއިލީ ޒިންމާތައް އުފުލޭ ގޮތަކަށް އެކުވެރި މަސައްކަތު މާހައުލެއް ވަޒީފާ އަދާ ކުރާ ތަންތަނުގައި ގާއިމު ކުރުމަށް ގޮވާލައި އަޑު އުފުލައިފި އެވެ.

މަސައްކަތްތެރިންގެ ދުވަސް، މޭޑޭގެ މުނާސަބަތުގައި މިއަދު ކުރިއަށް ދިޔަ ރެލީއަކީ އެކި ސިނާއަތްތަކުގައި މަސައްކަތްކުރާ މަސައްކަތްތެރިން ތަމްސީލްކުރާ ހަ މަދަނީ ޖަމިއްޔާއެއް ހިމެނޭ ގޮތަށް، މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގުރެސް (އެމްޓީޔޫސީ) އިން އިސްވެ ބޭއްވި ރެލީއެކެވެ.

މަސައްކަތްތެރިންގެ ދުވަސް (މޭ ޑޭ) ގެ މުނާސަބަތުގައި ކުރިއަށްދާ ރެލީގައި މަސައްކަތްތެރިން ހައްގުތަކަށް އަޑު އުފުލަނީ - ފޮޓޯ: މިރާން ނާޝިމް / އަދަދު
މަސައްކަތްތެރިންގެ ދުވަސް (މޭ ޑޭ) ގެ މުނާސަބަތުގައި ކުރިއަށްދާ ރެލީގައި މަސައްކަތްތެރިން ހައްގުތަކަށް އަޑު އުފުލަނީ - ފޮޓޯ: މިރާން ނާޝިމް / އަދަދު

މަސައްކަތްތެރިންގެ ދުވަސް (މޭ ޑޭ) ގެ މުނާސަބަތުގައި ކުރިއަށްދާ ރެލީގައި މަސައްކަތްތެރިން ހައްގުތަކަށް އަޑު އުފުލަނީ - ފޮޓޯ: މިރާން ނާޝިމް / އަދަދު

މާލޭގެ އެންމެ އިރުމަތި، ރަސްފަންނުން ފެށި ރެލީގެ ބައިވެރިން މައިގަނޑު ގޮތެއްގައި އަޑުއުފުލީ މަސައްކަތުގެ ވަގުތުގެ ބުރަކަން ކުޑަކޮށްދިނުމަށެވެ. އަދި މަސައްކަތްތެރިންގެ މަސައްކަތު ހަޔާތާއި ޒާތީ ހަޔާތަށް ދެވޭ ވަގުތުގެ ހަމަހަމަ ދިރިއުޅުމެއް ހޯދައިދިނުމަށެވެ.

މަސައްކަތްތެރިންގެ ދުވަސް (މޭ ޑޭ) ގެ މުނާސަބަތުގައި ކުރިއަށްދާ ރެލީގައި މަސައްކަތްތެރިން ހައްގުތަކަށް އަޑު އުފުލަނީ - ފޮޓޯ: މިރާން ނާޝިމް / އަދަދު
މަސައްކަތްތެރިންގެ ދުވަސް (މޭ ޑޭ) ގެ މުނާސަބަތުގައި ކުރިއަށްދާ ރެލީގައި މަސައްކަތްތެރިން ހައްގުތަކަށް އަޑު އުފުލަނީ - ފޮޓޯ: މިރާން ނާޝިމް / އަދަދު

މަސައްކަތްތެރިންގެ ދުވަސް (މޭ ޑޭ) ގެ މުނާސަބަތުގައި ކުރިއަށްދާ ރެލީގައި މަސައްކަތްތެރިން ހައްގުތަކަށް އަޑު އުފުލަނީ - ފޮޓޯ: މިރާން ނާޝިމް / އަދަދު

މަސައްކަތުގެ މާހައުލަކީ، މަސައްކަތްތެރިންނަށް އެކުވެރި މާހައުލެއް ގޮތުގައި ބޭއްވުމަށާއި މަސައްކަތްތެރިންގެ ރައްކާތެރިކަމާއި ސިއްހީ ދުޅަހެޔޮ ކަން ރަނގަޅު ފެންވަރެއްގައި ބެހެއްޓުމަށް ލާޒިމުކޮށްދޭ ގާނޫނުތަކާއި އުސޫލުތައް ގެނެސްދިނުމަށް ވެސް މި ފަހަރުގެ ރެލީގައި އަޑު އުފުލާފައިވެ އެވެ.

މަސައްކަތް ފޯރުކޮށްދޭ ފަރާތް ނުވަތަ ވިޔަފާރިއަށް ބޭނުންވާ މަސައްކަތްތައް ފުރިހަމަ ކުރުމަށް މަދު މުވައްޒަފުން ބޭނުން ނުކުރުމަށާއި މުވައްޒަފުންގެ އެކަށޭނަ އަދަދަކަށް ވަޒީފާ ދީގެން ވިޔަފާރިތައް ހިންގުމަށް ގޮވާލައި ވެސް މަސައްކަތްތެރިން އަޑު އުފުލާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox