Advertisement

"ހިއުމަން ރައިޓްސް 75" ގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ޖެނީވާއަށް

10 ޑިސެންބަރު 2023 - 08:12 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު -- ފޮޓޯ: ރައީސް އޮފީސް


"ހިއުމަން ރައިޓްސް 75" ގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ޖެނީވާއަށް

10 ޑިސެންބަރު 2023 - 08:12 0

ދުނިޔޭގައި އިންސާނީ ހައްގުތައް ގާއިމުކޮށް ދެމެހެއްޓުމަށް އދ. އިން އެކުލަވާލި މުއާހަދާއަށް 75 އަހަރު ފުރުން ފާހަގަ ކުރުމަށްޓަކައި ބާއްވާ "ހިއުމަން ރައިޓްސް 75" ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ރޭ ޖެނީވާ އަށް ވަޑައިގެންފި އެވެ.

"ހިއުމަން ރައިޓްސް 75" ގެ ހަރަކާތްތައް ކުރިޔަށް ދާނި ޑިސެންބަރު 11 އާއި 12 ވަނަ ދުވަހު އެވެ.

އދ.ގެ އިންސާނީ ހައްގުތަކާބެހޭ ހައިކޮމިޝަނަރުގެ އޮފީހާއި ސްވިޒަލޭންޑްގެ ސަރުކާރާ ގުޅިގެން އިންތިޒާމުކުރާ ހިއުމަން ރައިޓްސް 75 ގެ މަތީ ފަންތީގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ، އިންސާނީ ހައްގުތައް ރައްކާތެރި ކުރުމާބެހޭ މަޝްވަރާ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ބައިވެރިވެވަޑައިގަންނާނެ އެވެ.

އެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "އިންސާނީ ހައްގުތަކުގެ މުސްތަގުބަލު، ތިމާވެށި އަދި މޫސުން" މި މައުލޫތަކަށް ހާއްސަކޮށް ކުރިއަށްގެންދާ ވަށްމޭޒު ބައްދަލުވުމުގައި ނައިބު ރައީސް ބައިވެރިވެވަޑައިގަތުމުގެ އިތުރުން، ބޭރު ގައުމުތަކުގެ ޢިއްޒަތްތެރިންނާއި އދ.ގެ އެކިއެކި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލު ކުރައްވާނެ އެވެ.

ނައިބު ރައީސް ޖެނީވާއަށް ވަޑައިގަތީ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް ފަހު އެވެ.