Advertisement

ނަޕޯލީ ބަލިކޮށް ޔުވެންޓަސް އެއް ވަަނަ އަށް

9 ޑިސެންބަރު 2023 - 10:41 0


ނަޕޯލީ ބަލިކޮށް ޔުވެންޓަސް އެއް ވަަނަ އަށް

9 ޑިސެންބަރު 2023 - 10:41 0

ޓިއުރިން (ޑިސެމްބަރު 9) - އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން، ނަޕޯލީ އަތުން 1-0 އިން މޮޅުވެ، ޔުވެންޓަސް ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ލީގުގެ އެއް ވަނައިގައި ޔުވެންޓަސް އޮތީ 15 މެޗުން 36 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އިންޓަ މިލާނަށް ވަނީ 14 މެޗުން 35 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް އޭސީ މިލާނަށް ވަނީ 14 މެޗުން 29 ޕޮއިންޓެވެ. ހަތަރެއްގައި އޮތް ރޯމާ އަށް 14 މެޗުން 24 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް ނަޕޯލީ އަށް 15 މެޗުން ހަމަކުރެވުނީ 24 ޕޮއިންޓެވެ.

ޔުވެންޓަސް ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ޖެހި ހަމައެކަނި ގޯލު ޖެހީ ޑިފެންޑަރު، ފެޑެރީކޯ ގައްޓީ އެވެ. މިދިޔަ ހަފްތާގައި ޔުވެންޓަސް އިން މޮންޒާ ބަލިކުރި މެޗުގައި ވެސް ނަތީޖާ ނެރުނު ގޯލު ޖެހީ ގައްޓީ އެވެ.

ފުރަތަމަ ހާފުގައި ނަޕޯލީން ރަނގަޅަށް ކުޅުނު ނަމަވެސް ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. ދެ ވަނަ ހާފުގައި ނަޕޯލީގެ ނައިޖީރިއާ ފޯވާޑް، ވިކްޓަ އޮސީމެން އަށް ލަނޑު ޖަހަން ލިބުނު ފުރުސަތުގެ ބޭނުުމެއް ނުހިފުނެވެ.

އިންޓަ މިލާނުން މިރޭ އުދިނޭޒީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗުން މޮޅުވެއްޖެނަމަ އަލުން އެއް ވަނަ އަށް އެރޭނެ އެވެ.