Advertisement

އަމީނީ މަގު ތަރައްގީކުރުމުގެ މަޝްރޫއު ނިންމުމުގެ މަސައްކަތް ފަށައިފި

9 ޑިސެންބަރު 2023 - 07:50 0

އަމީނީ މަގުގެ އެންމެ ފަހު ދެ ސެގްމެންޓު ހެދުމުގެ މަސައްކަތް މިއަދު ހެނދުނުން ފެށިގެން ކުރިއަށް ގެންދަނީ. -- ފޮޓޯ: އަދަދު


އަމީނީ މަގު ތަރައްގީކުރުމުގެ މަޝްރޫއު ނިންމުމުގެ މަސައްކަތް ފަށައިފި

9 ޑިސެންބަރު 2023 - 07:50 0

އަމީނީ މަގުގައި ތާރު އަޅައިގެން ތަރައްގީކުރުމުގެ މަޝްރޫއުގެ އެންމެ ފަހު ދެ ސެގްމެންޓުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރުޑީސީ) އިން ފަށައިފި އެވެ.

އަމީނީ މަގު ތަރައްގީ ކުރުމުގެ މަޝްރޫއު ފެށީ ނިމިގެން ދިޔަ ސަރުކާރުގަ އެވެ. ނަމަވެސް ދައުރު ނިމުނުއިރު، އެ މަގުގެ މަސައްކަތް ނިންމާފައިވަނީ ހައުސިން މިނިސްޓްރީއާ ހަމައަށެވެ. ތޭރަ ސެގްމެންޓަކަށް ބަހާލާފައިވާ އެ މަސައްކަތުގެ ތެރެއިން ނުނިމި އޮތީ ސެގްމެންޓު 12 އާއި 13 އެވެ.

އެ މަޝްރޫއު ނިންމުމުގެ ގޮތުން މިއަދު ހެނދުނު 6:00 ގައި ފެށީ ހައުސިން މިނިސްޓްރީއާ ހަމައިން ފެށިގެން ހުޅަނގަށް އޮތް ބައި ހެދުމުގެ މަސައްކަތެވެ.

އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނިގެން ފެށި މަސައްކަތެއް ކަމަށެވެ.

އަމީނީ މަގު ތަރައްގީކޮށް ނިމޭއިރު، އާންމުކޮށް ފެންބޮޑުވާ އެ މަގުގައި ފެން ހިންދުމުގެ ނިޒާމު ވެސް ރަނގަޅު ވެގެންދާނެ އެވެ. އެ މަގުގައި ކުރިން ގާއިމުކޮށްފައި ހުރި ޕަންޕް ސްޓޭޝަންތައް ވަނީ ކުރިއަށް ވުރެ ވަރުގަދަކޮށްފަ އެވެ.

އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރިޔަށްދާ އެ ސަރަހައްދު މިހާރު ވަނީ ބަންދުކޮށްފަ އެވެ.