Advertisement

ހޫނު ފެނުގައި ހުރި ރުބިއާލޭސް އަށް އިތުރު ތުހުމަތުތަކެއް!

7 ޑިސެންބަރު 2023 - 12:41 0


ހޫނު ފެނުގައި ހުރި ރުބިއާލޭސް އަށް އިތުރު ތުހުމަތުތަކެއް!

7 ޑިސެންބަރު 2023 - 12:41 0

މެޑްރިޑް (ޑިސެމްބަރު 7) - ސްޕެއިންގެ ގައުމީ ޓީމްގެ އަންހެން ކުޅުންތެރިއަކަށް ބޮސް ދިން މައްސަލާގައި ތިން އަހަރަށް ސަސްޕެންޑް ކޮށްފައިހުރި ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަންގެ ކުރީގެ ރައީސް ލުއިސް ރުބިއާލެސް އިންގްލެންޑް ދެ ކުޅުންތެރިއަކަށް ވެސް ފުރައްސާރަކުރިކަން ހާމަވެއްޖެ އެވެ.

ފީފާ އަންހެން ވޯލްޑް ކަޕްގެ ފައިނަލަށް ފަހު އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ސްޕެއިންގެ ފޯވާޑް ޖެނީ ހާމޯސޯ އަށް ރުބިއާލެސް ބޮސްދިން މައްސަލަ ފީފާ އިން ބަލަން ޖެހުނީ، އެކަމުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން ރުބިއާލޭސް އަށް އަމާޒުވެ، ސްޕެއިންގެ ކުޅުންތެރިން ހަޅުތާލު ކުރަން ފެށުމުންނެވެ.

މި މައްސަލަ ބެލުމަށްފަހު ފީފާ އިން ވަނީ ފުޓްބޯޅައިގެ ހަރަކާތްތަކުން ރުބިއާލެސް ތިން އަހަރަށް ސަސްޕެންޑްކޮށްފަ އެވެ.

ފީފާ އިން ރުބިއާލޭސް އަށް ދިން ސަސްޕެންޝަނާ ގުޅިގެން އޭނާ އިސްތިއުނާފަށް ވެސް ހުށަހެޅި އެވެ. މި މައްސަލައިގައި ފީފާ އިން ހުށަހަޅާފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި ރުބިއާލެސް ވަނީ އިންގްލެންޑްގެ ދެ ކުޅުންތެރިއަކަށް ފުރައްސާރަ ކޮށްފަ އެވެ.

މި ރިޕޯޓްތަކުގައިވާ ގޮތުން ވޯލްޑް ކަޕްގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ރުބިއާލޭސް ވަނީ އިންގްލެންޑުގެ ޑިފެންޑަރު ލޫސީ ބްރޮންޒް އާއި ލައުރާ ކޫމްބްސްގެ ގައިގައި ނުރަނގަޅު ގޮތަކަށް އަތްލައި ހަދާފަ އެވެ. އެ ގޮތުން ކޫމްބްސްގެ މޫނުގައި އަތްލައި ކޮލަށް ފިއްތާފައިވާއިރު، ލޫސީ ބްރޮންޒްގެ ކޮލަށް ނުރުހުމުގައި ބޮސްދިންކަމަށް ރިޕޯޓްގައިވެ އެވެ.

ވޯލްޑް ކަޕްގެ ފައިނަލަށްފަހު އޮތް އިނާމްދިނުމުގެ ރަސްމިއްޔާތުގައި ސްޕެއިންގެ ގައުމީ ޓީމްގެ ކުޅުންތެރިންގެ ގައިގައި ބެއްދުމާއި، ބޮސްދިންއިރު އޭނާގެ ކައިރީގައި ހުރި އެކަކީ އިންގްލެންޑް އެފްއޭއެގެ ރައީސް ޑެބީ ހެވިޓް އެވެ. ރުބިއާލެސްގެ އަމަލުތަކުގެ ސަބަބުން އެތަނުގައި ހުންނަން "ލަދު" ގަނެ އުނދަގޫވިކަމަށް ހެވިޓް ވަނީ ބުނެފަ އެވެ.

މިދިޔަ އޮގަސްޓް މަހުގެ 20 ވަނަ ދުވަހު ހިނގައިދިޔަ ކަންތައްތަކުގެ ސަބަބުން ސްޕެއިންގެ ކުޅުންތެރިން ރުބިއާލެސްގެ އިސްތިއުފާއަށް ޕްރެޝަރުކުރި އެވެ. ޕްރެޝަރު ބޮޑުވެ އޭނާ އިސްތިއުފާ ދިނީ ދެ މަސް ފަހުންނެވެ.