Advertisement

ކުރިއަށް ހުރި އިންތިހާބުތަކުގައި އެމްޑީޕީ އާއި އަދާލަތު ގުޅިގެން މަސައްކަތް ކުރަން މަޝްވަރާތައް ފަށައިފި

5 ޑިސެންބަރު 2023 - 22:00 1

އަމަން ހަލީމް

އަމަން ހަލީމް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަރިހުގައި އަދާލަތު ޕާޓީގެ ލީޑަރު، އިމްރާން އަބްދުﷲ: އެންމެ ފަހުން ބޭއްވި ދެ ރިޔާސީ އިންތިހާބުގައި ވެސް އަދާލަތުން ކޯލިޝަން ހެދީ އެމްޑީޕީއާ -- ފޮޓޯ/މިރާޝް ނާޝިމް


ކުރިއަށް ހުރި އިންތިހާބުތަކުގައި އެމްޑީޕީ އާއި އަދާލަތު ގުޅިގެން މަސައްކަތް ކުރަން މަޝްވަރާތައް ފަށައިފި

5 ޑިސެންބަރު 2023 - 22:00 1

ނިމުނު ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކީ ކޯލިޝަން ހަދައިގެން ތިބި ހަމައެކަނި ޕާޓީ، އަދާލަތު ޕާޓީއާ ގުޅިގެން ކުރިއަށް ހުރި އިންތިހާބުތަކުގައި މަސައްކަތް ކުރަން ދެ ޕާޓީން މިއަދު މަޝްވަރާކޮށްފި އެވެ.

ދެ ޕާޓީން ބޭއްވި ބައްދަލުވުމުގައި ކުރި މަޝްވަރާތައް ހިއްސާކުރަމުން އެމްޑީޕީން ބުނީ، މިއަދުގެ ބައްދަލުވުމުގައި ނިންމީ ކުރިއަށް ހުރި އިންތިހާބުތަކުގައި ދެ ޕާޓީ ގުޅިގެން ކުރެވިދާނެ ކަންކަން ދެނެގަތުމަށްޓަކައި އިތުރު ބައްދަލުވުންތައް ބޭއްވުމަށް ކަމަށެވެ.

ކުރިން އެމްޑީޕީއާ ނުރުހި، އެ ޕާޓީގެ ސިޔާސަތުތަކާ ދެކޮޅު ހެދި އަދާލަތުން އަންނަނީ 2015 އިން ފެށިގެން އެމްޑީޕީއާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި 2018 ގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރި ސަރުކާރު ކޯލިޝަންގައި ވެސް އެ ޕާޓީ ހިމެނެ އެވެ.

އެ ސަރުކާރުގެ ދައުރު ނިމެން އައި އިރު، ކޯލިޝަނުގައި ދެމިތިބި ހަމައެކަނި ޕާޓީއަކީ ވެސް އަދާލަތެވެ. އަދި މިފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކީ ދެވަނަ ބުރުގައި ވެސް ކޯލިޝަން ހަދައިގެން ތިބި ހަމައެކަނި ޕާޓީއަކީ އަދާލަތެވެ.

ދެން އެންމެ އަވަހަށް އޮންނާނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެވެ. އެ އިންތިހާބު ބާއްވާނީ އަންނަ ރޯދަ މަހަށްފަހު ކަމަށް ބެލެވެ އެވެ.