Advertisement

މުނިހޯމްކެއާ އަހަރު ނިންމާ ސޭލް: ބައެއް މުދަލުން 40 ޕަސެންޓާ ހަަމަޔަށް ޑިސްކައުންޓު

6 ޑިސެންބަރު 2023 - 11:16 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

މުނި ހޯމްކެއާގެ ޕެއިންޓް ސެންޓަރު --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


މުނިހޯމްކެއާ އަހަރު ނިންމާ ސޭލް: ބައެއް މުދަލުން 40 ޕަސެންޓާ ހަަމަޔަށް ޑިސްކައުންޓު

6 ޑިސެންބަރު 2023 - 11:16 0

ގެއާއި ގޮދޮރަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމުގައި ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ހަރަކާތްތެރިވާ އެއް ވިޔަފާރި ކަމަށްވާ މުނިހޯމްކެއާގެ "އިޔާ އެންޑް ސޭލް 2023" ފަށައިފި އެވެ.

މިދިޔަ މަހު 15 އިން ފެށި މި ސޭލް މި އަހަރު ނިމެންދެން ކުރިއަށްދާނެ އެވެ.

މުނިހޯމްކެއާއިން ބުނިގޮތުގައި މި އަހަރުގެ ސޭލްގައި އެ ކުންފުނިން ވިއްކާ ބައެއް މުދާތަކުން 40 ޕަސެންޓާ ހަމަޔަށް ޑިސްކައުންޓު ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި ބެޑްރޫމް ސެޓާއި އެކި ކަހަލަ މޭޒުތަކާއި ގޮނޑީގެ އިތުރުން ބަދިގެ ކަބަޑު ސެޓުތައް ވެސް ހިމެނެ އެވެ. އަދި, ތަށިމުށްޓާއި ފްލޯރިންގެ އިތުރުން ކެމިކަލް ސިމެންތިން ވެސް ޑިސްކައުންޓު ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މުނިހޯމްކެއާއިން މި ސޭލްގައި އެ ކުންފުނީގެ ކުލަ ފިހާރައިން ވިއްކާ "ސެން މެކްރޯ ޕެއިންޓްސް" އިން ވެސް މި ސޭލްގައި 40 ޕަސެންޓާ ހަމަޔަށް ޑިސްކައުންޓު ލިބޭނެ ކަމަށެވެ. އަދި, ހާއްސަ އޮފާއެއް ގޮތުގައި ކުލަތައް ގަންނަ ކަސްޓަމަރުންގެ ގޭގޭގައި ހިލޭ ކުލަ ލައިދިނުމުގެ ހިދުމަތް ވެސް ދެމުންދާނެ ކަމަށް ބުންޏެވެ.

އަދި, ބެޑްރޫމް ސެޓާއި ސޯފާ ފަދަ ފަރުނީޗަރު ގަތުމުން ހިލޭ ބެޑް ސައިޑް ޓޭބަލް ލިބޭ ބަންޑަލް ޑީލްތަކާއި "އަލްޓްރާ ބޮންޑް" ޕްރިމިއަމް ޓައިލް ސިމެންތީގެ ބަންޑަލް ޑީލްތައްވެސް ލިބޭނެ ކަމަށް މުނި ހޯމްކެއާއިން ބުންޏެވެ.

1983 ވަނަ އަހަރު އުފެދުނު މުނި އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑް (މުނި ގްރޫޕް) އަކީ ގޭތެރޭގެ ފަރުނީޗަރާއި ފާހާނާއަށް ބޭނުންވާ ސާމާނު އުފައްދާ ކުންފުންޏެކެވެ.