Advertisement

ޕޯޕް އަށް އަނިޔާވުމުން ނިއުކާސަލް އިން ޑެހެއާ އަށް އޮފާއެއް ދެނީ

5 ޑިސެންބަރު 2023 - 08:32 0


ޕޯޕް އަށް އަނިޔާވުމުން ނިއުކާސަލް އިން ޑެހެއާ އަށް އޮފާއެއް ދެނީ

5 ޑިސެންބަރު 2023 - 08:32 0

ނިއުކާސަލް (ޑިސެމްބަރު 5) - އަނިޔާގެ ސަބަބުން ނިއުކާސަލް ޔުނައިޓެޑްގެ ގޯލްކީޕަރު، ނިކް ޕޯޕް އަށް އަނިޔާވުމާ ގުޅިގެން، އެ ޓީމުން މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކީޕަރު، ޑޭވިޑް ޑެހެއާ އަށް އޮފާއެއް ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ކުރިން ބާންލީ އަށް ކުޅުނު، ގޯލްކީޕަރު، ޕޯޕްގެ ކޮނޑުހުޅަށް ލިބުނު އަނިޔާގެ ސަބަބުން އޮޕަރޭޝަނެއް ކުރަން ޖެހި 2-3 މަސް ދުވަހަށް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެކަން ވަނީ ޔަގީންވެފަ އެވެ. ޕޯޕް އަށް އަނިޔާވީ ޔުނައިޓެޑާ ދެކޮޅަށް ނިއުކާސަލް އިން ކުޅުނު މެޗުގަ އެވެ.

މިދިޔަ ސީޒަނަށް ފަހު، ޑެހެއާ ވަނީ ޔުނައިޓެޑް ދޫކޮށްލައިފަ އެވެ. ބާރަ އަހަރު ޔުނައިޓެޑާ އެކު ހޭދަކުރުމަށް ފަހު ޑެހެއާ އެ ޓީމު ދޫކޮށްލީ އާ ކޮންޓްރެކްޓެއް ނުދިނުމުންނެވެ. ޑެހެއާ އަށް ރަނގަޅު އޮފާއެއް ނުލިބޭތީ އޭނާ މި ވަގުތު ހުރީ އެއްވެސް ޓީމަކާ ނުގުޅި އެވެ.

ނިއުކާސަލްގެ ކޯޗު އެޑީ ހޯވްގެ ލަފަޔާ އެކު އެ ކްލަބުން އަންނަނީ ޑެހެއާ އަށް ރަނގަޅު އޮފާއެއް ދޭން މަޝްވަރާ ކުރަމުންނެވެ. އެ ގޮތުން، ނިއުކާސަލް އިން ސީޒަނުގެ ނިޔަލަށް ލޯން އޮފާއެއް ކުރަން ވެސް ވިސްނުން ގެންގުޅެ އެވެ. ޑެހެއާ ބޭނުންނަމަ ބޮޑު މުސާރަ ދޭ ކޮންޓްރެކްޓެއް ވެސް ނިއުކާސަލް އިން ހުށަހަޅަން ތައްޔާރު ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ.

ޑެހެއާ އަށް މި ސީޒަން ފެށުމުގެ ކުރިން އޮފާ ލިބިފައިވަނީ ސައުދީ ޕްރޯ ލީގުގެ ކްލަބްތަކާއި ރެއާލް ބެޓިސް އިންނެވެ.