Advertisement

އިންޑިއާއިން ރައީސަށް ދިން ޔަގީންކަން: "ރާއްޖޭގެ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރާނަން"

3 ޑިސެންބަރު 2023 - 20:18 1


އިންޑިއާއިން ރައީސަށް ދިން ޔަގީންކަން: "ރާއްޖޭގެ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރާނަން"

3 ޑިސެންބަރު 2023 - 20:18 1

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމާ ގުޅޭގޮތުން ރާއްޖޭގެ ރައްޔިތުންގެ ނިންމުމަށް އިހުތިރާމު ކުރައްވާނެ ކަމަށާއި، އެގޮތަށް އެކަން ކުރިއަށްދާނެކަމުގެ ޔަގީންކަން އިންޑިއާ ސަރުކާރުން ދެއްވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ތުރުކީ އާއި ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރާއްޖެއަށް އެނބުރި ވަޑައިގެން, ވެލާނާ އިންޓަނޭޝަނަލް އެެއާޕޯޓްގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އެކަމުގެ ޔަގީންކަން ލިބިފައިވާކަން ހާމަކުރައްވާފަ އެވެ.

އެއްވެސް ގައުމަކާ ހަތުރުވެރިކަމެއް ނުބާއްވަވާނެ ކަމަށް އެމަނިކުފާނު މީގެ ކުރިން ވެސް ވިދާޅުވަމުން ގެންދެވިކަން ފާހަގަ ކުރައްވައި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ ރަތް ރޮނގު ފުޅާކޮށް ދަންމަވާނެ ކަމަށާއި އެ ރޮނގު ހުރަސްކޮށް ދިއުމަށް އެއްވެސް ގައުމަކަށް ފުރުސަތު ނުދެއްވާނެ ކަމަށް އެމަނިކުފާނު ވެސް މިއަދު ވިދާޅުވި އެވެ.

ރާއްޖޭގައި ބޭރު ސިފައިން ނުތިބޭކަން ކަށަވަރުކުރުމުގައި ދިވެހި ސަރުކާރުން ބޭނުންކުރާނީ ޑިޕްލޮމަސީގެ ރީތި އުސޫލުތައް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މިއަދާ ހަމައަށް އިންޑިއާގެ އެންމެ އިސް ބޭފުޅުންނާ އެކު ހަތަރެއް ނުވަތަ ފަސް ބައްދަލުވުން ބާއްވާފައިވާ ކަމަށް ވެސް ރައީސް ހާމަކުރެއްވި އެވެ.

މިހާތަނަށް ކުރެވުނު މަސައްކަތްތަކާއި ބޭއްވުނު ބައްދަލުވުންތަކުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދެވުމަށް އިންޑިޔާ ސަރުކާރުން އެއްބަސްވެ ވަޑައިގެންފައިވާ ކަމަށާއި، އަދި ޓެކްނިކަލް ލެވެލްގައި މިހާރު ވެސް މަސައްކަތް ކުރެވެމުންދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އުންމީދަކީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމުގެ ކަންކަން އަވަސްވެގެންދިއުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.