Advertisement

ހުލާސާކޮށް އިއްޔެ: ހާމަކުރުމުގެ ރަނގަޅު ނަމޫނާއެއް

3 ޑިސެންބަރު 2023 - 06:35 0

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ތުރުކީއަށް ވަޑައިގަތުމަށް ބޯޓަށް އަރައިވަޑައިގަންނަވަނީ. -- ފޮޓޯ: ރައީސް އޮފީސް


ހުލާސާކޮށް އިއްޔެ: ހާމަކުރުމުގެ ރަނގަޅު ނަމޫނާއެއް

3 ޑިސެންބަރު 2023 - 06:35 0

ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ރަސްމީ ދަތުރުތަކުގެ ހަރަދު ގިނަވެގެން 15 ދުވަސްތެރޭގައި ހާމަކުރާ ގޮތަށް އެމަނިކުފާނު އިއްޔެ ނިންމެވި އެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ ދަތުރުގެ ހަރަދު ކޮންމެ ދަތުރެއް ނިމޭތާ 15 ދުވަސްތެރޭ ހާމަކުރަން ޖެހޭ ގޮތަށް އެމަނިކުފާނު ނިންމަވާފައިވާ ކަމަށެވެ.

ރަސްމީ ދަތުރުތަކުގެ މާލީ ހިސާބު ހާމަކުރެއްވުމަށް ރައީސް ނިންމެވި އިރު އެމަނިކުފާނު ހުންނެވީ ޔޫއޭއީގައި ކުރިއަށްދާ ތިމާވެއްޓާ ބެހޭ ބައިނަލްއަގުވާމީ ސަމިޓު, ކޮޕް-28 ގައި ބައިވެރިވެވަޑައިގަތުމަށް ދުބާއީގަ އެވެ.

މިދިޔަ ނޮވެމްބަރު 17 ގައި ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު، އެންމެ ފުރަތަމަ އެމަނިކުފާނު ވަޑައިގަތީ ތުރުކީއަށެވެ. އެ ގައުމަށް ވަޑައިގަތީ ނޮވެމްބަރު 26, ގަ އެވެ.

އެ ދަތުރުގައި ރާއްޖެ އާއި ތުރުކީއާ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުންނާއި، ފަތުރުވެރިކަމާއި، ވިޔަފާރީގެ ދާއިރާއާއި، އިންވެސްޓްމަންޓްތަކާއި، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުން ފަދަ ދާއިރާތަކުން ކުރިއަށް އޮތްތާނގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ރައީސް މުއިއްޒާއި ރައީސް ރަޖަބް ތޮއްޔިބް އުރުދުގާން މަޝްވަރާ ކުރެއްވި އެވެ.

ތުރުކީއަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށް ފަހު ދުބާއީއަށް ވަޑައިގަތީ ނޮވެމްބަރު 30 ގަ އެވެ.

މިދިޔަ ސަރުކާރުން ކޮށްފަައިވާ ދަތުރުތަކުގެ ހަރަދު ތަފްސީލުތައް ހާމަނުކުރާ ކަމަށް ބުނެ ޕީޕީއެމް/ޕީއެންސީން މީގެކުރިން ފާޑުކިޔުން އަމާޒުކޮށްފައިވެ އެވެ.

މުހިއްމު ބައެއް ހަބަރު