Advertisement

މާރާމާރީތަކާ ގުޅިގެން މާލެ އާއި އައްޑޫގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފި

2 ޑިސެންބަރު 2023 - 23:36 1

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ފުލުހުން ރަށެއްގައި ހަރަކާތްތެރިވަނީ: ރޭ އައްޑޫގައި ހިނގި މާރާމާރީއާ ގުޅިގެން އެ ސިޓީ އާއި މާލޭގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ މަސައްކަތް ކުރާކަމަށް ފުލުހުން ބުނޭ -- ފޮޓޯ: އިޔާން/އަދަދު


މާރާމާރީތަކާ ގުޅިގެން މާލެ އާއި އައްޑޫގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފި

2 ޑިސެންބަރު 2023 - 23:36 1

އައްޑޫ ހިތަދޫގައި ދެ ގްރޫޕެއްގެ ދެމެދު ރޭ ހިނގި މާރާމާރީއާ ގުޅިގެން ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މިކަން ހާމަކޮށް ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ރޭ އައްޑޫގައި ހިނގި މާރާމާރީއާ ގުޅިގެން މާލެ އަދި އައްޑޫ ސިޓީގައި ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އައްޑޫ ސިޓީގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށްޓަކާ މާލެއިން ފުލުހުންގެ ޓީމުތައް އައްޑޫއަށް ފޮނުވަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މާރާމާރީއާ ގުޅުންހުރި މީހުން ހޯދައި، ގާނޫނީ ގޮތުން ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރޭގެ މާރާމާރީގައި ޒަހަމު ކޮށްލާފައިވާ 30 އަހަރުގެ ފިރިހެނަކަށް އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ. ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނި ގޮތުގައި އޭނާގެ ހާލު ސީރިއަސް އެވެ.

އެނގިފައިވާ ގޮތުގައި ހިތަދޫގައި ރޭ ހިނގި މާރާމާރީގައި ދެ ގްރޫޕުގެ ދެމެދު ކުރިމަތިލުމެއް ހިނގި އިރު ދެ ގްރޫޕުން ވެސް ތިބީ ތޫނު ހަތިޔާރު ހިފައިގެންނެވެ. އެ މާރާމާރީގައި ޒަހަމްވީ މީހާގެ ނިންކުރިން ވަރަށް ފުންކޮށް ޒަހަމްކޮށްލާފައި ވާއިރު ގައިގެ އެހެން ތަންތަން ވެސް ވަރަށް ބޮޑަށް ޒަހަމްކޮށްލާފައިވާ ކަން ވެސް ވަނީ އެނގިފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.