Advertisement

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ތިން މީހުން ހައްޔަރުކޮށްފި

21 އޮކްޓޯބަރު 2024 - 10:33 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އޮޕަރޭޝަނުގައި ފުލުހުން ހައްޔަރު ކުރި މީހުން: އެ މީހުން ހައްޔަރު ކުރީ ތިން ގެއެއް ބަލައި ފާސް ކުރުމަށްފަހު -- ފޮޓޯ: ޕޮލިސް


ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ތިން މީހުން ހައްޔަރުކޮށްފި

21 އޮކްޓޯބަރު 2024 - 10:33 0

ފުލުހުން މިދިޔަ ހޮނިހިރު ދުވަހު މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިން ގެއެއް ބަލައި ފާސްކޮށް، ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާ އެކު ތިން މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ވިއްކައި ވިޔަފާރި ކުރާކަމަށް ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ތިން ގެ ވެސް ބަލައި ފާސް ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

އެ އޮޕަރޭޝަންގައި ހައްޔަރުކުރީ ލ. ކަލައިދޫ، އެވާގްރީން، މުހައްމަދު އައިޝަރު ޔޫސުފް، 22، އާއި ކ. ކާށިދޫ، އަންދަލީބުގެ، މުހައްމަދު މައިހާން ފަޔާޒް، 19، އަދި ދ. ކުޑަހުވަދޫ، ރަނަކުރި، އިބްރާހިމް މާޖިދު، 31، ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ތިން ގެ ބަލައި ފާސްކުރި އޮޕަރޭޝަންގައި 1142.04 ގްރާމުގެ މަސްތުވާތަކެއްޗާއި 86،000ރ. ފެނިފައިވާ ކަމަށެވެ.

މައްސަލައާ ގުޅިގެން ހައްޔަރުކުރި މުހައްމަދު އައިޝަރު ޔޫސުފް 15 ދުވަހަށް އަދި މުހައްމަދު މައިހާން ފަޔާޒް އާއި އިބްރާހިމް މާޖިދު ހަތް ދުވަހަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ.