Advertisement

ދަނޑުވެރިކަމުގެ މިނިސްޓްރީ ހިންގުން ގައްސާންއަށް

2 ޑިސެންބަރު 2023 - 22:43 0

ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން. މިއަދުން ފެށިގެން ރަމީލާގެ ދަތުރު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގަންނަވަން ދެން އެ މިނިސްޓްރީ ބަލަހައްޓަވާނީ އޭނާ --- ފޮޓޯ: ރައީސް އޮފީސް


ދަނޑުވެރިކަމުގެ މިނިސްޓްރީ ހިންގުން ގައްސާންއަށް

2 ޑިސެންބަރު 2023 - 22:43 0

ކެންސަރުގެ އާލަސްކަންފުޅާ ގުޅިގެން، އެ ބައްޔަށް ފަރުވާ ހޯއްދެވުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ އިންޑިއާއަށް ވަޑައިގެންނެވުމާ ގުޅިގެން އެ މިނިސްޓްރީ ހިންގުން ވަގުތީ ގޮތުން ޑިފެންސް މިނިސްޓަރު ގައްސާން މައުމޫންއާ ހަވާލުކޮށްފި އެވެ.

ކެންސަރު ހުރިކަން އިނގިވަޑައިގަތީ ބަލީގެ އެންމެ ފަހު ސްޓޭޖުގައި ހުންނަވަނިކޮށް ކަމަށާއި ގައުމުން ބޭރަށް ވަޑައިގަންނަވަނީ ކީމޯ އާއި ރޭޑިއޭޝަން ތެރަޕީ ހޯއްދެވުމަށް ކަމަށް މީގެކުރިން ރަމީލާ ހާމަކުރައްވާފައިވެ އެވެ. އޭނާ ފަރުވާއަށް ފުރާވަޑައިގެންނެވީ ނޮވެމްބަރު 23, ގަ އެވެ.

މިއަދުން ފެށިގެން ރަމީލާގެ ދަތުރު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގަންނަވަން ދެން އެ މިނިސްޓްރީ ބަލަހައްޓަވާނީ ޑިފެންސް މިނިސްޓަރު ގައްސާން އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރަމީލާ އަށް ގުޅުއްވާ އޭނާއަށް އަވަސް ޝިފާއެއް ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް މީގެކުރިން ވިދާޅުވެފަ އެވެ.