Advertisement

ރައީސް މުއިއްޒުގެ އުއްމީދަކީ ޗައިނާގެ އެހީތެރިކަން އިތުރުވެގެން ދިޔުން!

2 ޑިސެންބަރު 2023 - 00:46 0

ރައީސް މުއިއްޒު އިއްޔެ ވަނީ އެ ސަމިޓުގައި ޗައިނާއިން ބައިވެރިވި ވަފުދުގެ އިސްވެރިޔާ، ޗައިނާގެ ފަސްޓް ވައިސް ޕްރިމިއާ ޑިންގް ޝުއެޝިއެންގް އާ ސަލާމްކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް


ރައީސް މުއިއްޒުގެ އުއްމީދަކީ ޗައިނާގެ އެހީތެރިކަން އިތުރުވެގެން ދިޔުން!

2 ޑިސެންބަރު 2023 - 00:46 0

ޗައިނާގެ ގުޅުން އިތުރަށް ބަދަހިވެ، ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ވެސް އިތުރު ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޔޫއޭއީގައި ކުރިއަށްދާ ތިމާވެއްޓާބެހޭ ބައިނަލްއަގުވާމީ ސަމިޓު (ކޮޕް-28) ގެ ހަވާސާގައި ރައީސް މުއިއްޒު އިއްޔެ ވަނީ އެ ސަމިޓުގައި ޗައިނާއިން ބައިވެރިވި ވަފުދުގެ އިސްވެރިޔާ، ޗައިނާގެ ފަސްޓް ވައިސް ޕްރިމިއާ ޑިންގް ޝުއެޝިއެންގް އާ ބައްދަލުކުރައްވައިފަ އެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ވަނީ، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވުމަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފަ އެވެ. އަދި ޗައިނާއަކީ ދިވެހިރާއްޖޭގެ ތަރައްގީގެ އެންމެ މުހިންމު އެއް ބައިވެރިޔާކަން ފާހަގަކުރައްވައި، ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމަށް ޗައިނާއިން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ކުރިމަގުގައި އިތުރު ވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމުގައިވެސް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ،" އެ ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް އޮފީހުން ބުނެފައިވެ އެވެ.

އި ބައްދަލުވުމުގައި ޑިންގް ޝުއެޝިއެންގް ވިދާޅުވީ ޗައިނާއިން އަބަދުވެސް ދިވެހިރާއްޖެއާއެކު ބަދަހި ގުޅުމެއް ބާއްވާނެ ކަމަށެވެ. ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމަށްޓަކައި އެކި ދާއިރާތަކުން ދެމުންދާ އެހީތެރިކަމާއި އެއްބާރުލުން ޗައިނާއިން ދަމަހައްޓާނެކަމަށް ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ވެރިކަމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވުމަށް އުންމީދުކުރައްވާ ކަމުގައިވެސް ޑިންގް ޝުއެޝިއެންގް ވިދާޅުވި އެވެ.