Advertisement

ރައީސް މުއިއްޒު ކިންގް ޗާލްސްއާ ބައްދަލުކުރައްވައިފި

1 ޑިސެންބަރު 2023 - 17:13 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

ކޮޕް 28 ސަމިޓުގެ ހަވާސާގެ ތެރެއިން ރައީސް މުއިއްޒު ކިންގް ޗާލްސް އާ ބައްދަލުކުރެއްވުން ---ފޮޓޯ:ރައީސް އޮފީސް


ރައީސް މުއިއްޒު ކިންގް ޗާލްސްއާ ބައްދަލުކުރައްވައިފި

1 ޑިސެންބަރު 2023 - 17:13 0

ކޮޕް-28 ގެ ހަވާސާގައި، އިނގިރޭސި ރަސްގެފާނު، ޗާލްސް އާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައިވާ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މި ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ.

އެގޮތުން ތިމާވެއްޓަށް އަންނަމުންދާ ބަދަލުތައް ކުޑަކުރުމަށާއި، ތިމާވެށި ހިމާޔަތްކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ރައީސް މުއިއްޒު އިނގިރޭސި ރަސްގެފާނާ ހިއްސާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ ތިމާވެށީގެ ކަންކަމުގައި ރާއްޖެއަށް އިނިގރޭސި ވިލާތުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމަށް އިނގިރޭސި ރަސްގެފާނު ވިދާޅުވި ކަމަށެވެ.

ދުބާއީގައި މިހާރު ކުރިއަށް ދާ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް-28) ސަމިޓުގައި ރާއްޖޭގެ ފަރާތުން ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އިސް ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ. ސަމިޓުގައި ރައީސް މިއަދު ތަގްރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.