1 ޑިސެންބަރު 2023 - 17:16 0
މުހައްމަދު ޖަމްޝަތު ވަހީދު
1 ޑިސެންބަރު 2023 - 17:16 0
މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ މޭޔަރު ކަމުގެ މަގާމާއި ތިން ދާއިރާގެ ކައުންސިލު މެމްބަރުންގެ މަގާމުތަކަށް މެމްބަރުން އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަނުގައި ޕީޕީއެމް/ޕީއެންސީ އިން ނެރޭ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިިފި އެވެ.
ޕްރޮގްރެސިވް ކޯލިޝަނުންް މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ އިންތިހާބުގައި ޕީޕީއެމުން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޕްރައިމަރީ ބާއްވާނީ ޑިސެމްބަރު 9، ގައި ކަމަށެވެ.
އެކަަމަށް އެދި ފޯމު ހުށަހެމުގު ސުންގަޑި އަކީ ޑިސެމްބަރު 4، ވާ ހޯމަ ދުވަހުގެ 15:00 އެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ބުނީ ޕްރައިމަރީގައި ވޯޓު ލެވޭނީ ޑިސެމްބަރުގެ 1، ގެ ކުރިން އެ ކޯލިޝަނުގެ ދެޕާޓީން ކުރެ އެއްޕާޓީގައި މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީވެފައި ތިބި މީހުންނަށް ކަމަށެވެ.
މާލެ ސިޓީގެ މޭޔަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މުއިއްޒު ނޮވެމްބަރު 17، ވަނަ ދުވަހު ރައީސްކަމާ ހަވާލުވެވަޑައިގަތުމުންނެވެ. މުއިއްޒުގެ ސަރުކާރުގެ މަގާމްތަކަށް ވަޑައިގަތުމަށް ސިޓީ ކައުންސިލްގެ މެމްބަރުން އިސްތިއުފާ ދެއްވުމުން މާފަންނު ދެކުނު ދާއިރާ، މެދު ހެންވޭރު ދާއިރާ، އަދި ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި ވެސް މި ވަގުތު ހުރީ ހުސްކޮށެވެ.
އާ ސަރުކާރާއެކު ހުސްވި ކައުންސިލް ގޮނޑިތައް ފުރުމަށް ބާއްވާ ބައި-އިލެކްޝަން ޖެނުއަރީ 13، ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ. މީގެ އިތުރުން ވ. ރަކީދޫ ކައުންސިލުގެ މެންބަރެއްގެ އިތުރުން 18 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން ވެސް އެ ދުވަހު އިންތިހާބު ކުރާނެ ކަމަށް އީސީން ބުނެފައިވެ އެވެ.
ކައުންސިލުތަކުގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ޑިސެމްބަރު 13، އާ ހަމައަށް އޮންނާނެ ކަމަށް އީސީން ބުނެ އެވެ.
Comment