Advertisement

ޓްރީޓޮޕުން އައިވީއެފް ހެދި ފުރަތަމަ 10 މީހުންގެ ތެރެއިން ހަ މީހެއްގެ ފަރުވާ ކާމިޔާބު

1 ޑިސެންބަރު 2023 - 13:17 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު


ޓްރީޓޮޕުން އައިވީއެފް ހެދި ފުރަތަމަ 10 މީހުންގެ ތެރެއިން ހަ މީހެއްގެ ފަރުވާ ކާމިޔާބު

1 ޑިސެންބަރު 2023 - 13:17 0

ޓްރީޓޮޕް ހޮސްޕިޓަލުން އައިވީއެފް ހެދި ފުރަތަމަ ބެޗުން ހަ މީހަކު ބަލިވެއިނދެ، ފަރުވާ ކާމިޔާބުވެއްޖެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން މި އަހަރު މެއި މަހު ހުޅުވި ފާޓިލިޓީ ސެންޓަރުން ދަރިމައިވުމުގެ ފަރުވާތަކަށް ލިބިފައިވާ ކުރިއެރުންތައް ހިއްސާކުރުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އެ ހޮސްޕިޓަލުގެ ފާޓިލިޓީ ސްޕެޝަލިސްޓް، ޑރ. ޒާކިޔާ އަހުމަދު ވިދާޅުވީ މިހާތަނަށް ފާޓިލިޓީ ސެންޓަރުން 16 މީހަކު އައިވީއެފް ހަދަފައިވާ ކަމަށެވެ. އޭގެ ތެރެއިން އެމްބްރިޔޯ ޓްރާންސްފާ ހެދި 10 މީހުންގެ ތެރެއިން ހަ މީހުން މާބަނޑު ވެފައިވާ ކަމަށް ޒާކިޔާ ވިދާޅުވި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ފާހަގަކުރި ގޮތުގައި ފުރަތަމަ އައިވީއެފް ސައިކަލްގައި ހިމެނެނު 10 ޕޭޝަންޓުންގެ ތެރެއިން ހަ ޕޭޝަންޓުންގެ ފަރުވާ ކާމިޔާބުވުމަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް، ފާހަގަކޮށްލެވޭ މޮޅު ކްލިނިކަލް ކާމިޔާބީއެކެވެ.

ޓްރީޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގައި އައިވީއެފްގެ ހިދުމަތް ދޭން ފެށި ފުރަތަމަ ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރުގައި އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް ގާއިމުކޮށްފައިވާއިރު އެތައް އަހަރެއްގެ ތަޖުރިބާ ލިބިފައިވާ ދަރިމައިވުމުގެ މައްސަލަތަކުގެ ހާއްސަ ޑޮކްޓަރުންނާއި ނަރުހުންނާއި އެމްބްރޮލޮޔޮޖިސްޓުން ތިބެ އެވެ.

ރާއްޖެއިން ބޭރުން މި ހިދުމަތް ހޯދުމަށް ތިނެއް ނުވަތަ ހަތަރު ލައްކަ ރުފިޔާ ހަރަދު ކުރަން ޖެހޭއިރު, ޓްރީޓޮޕް ހޮސްޕިޓަލުން މި ހިދުމަތް ހޯދުމަށް ހަރަދު ކުރަން ޖެހޭނީ ގާތްގަނޑަކަށް 46,000 ރުފިޔާ އެވެ. އަދި މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭންގައި ދަރިމައިވުމާގުޅޭ ފަރުވާގެ ހިދުމަތްތައް އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ވަނީ ބުނެފަ އެވެ.