1 ޑިސެންބަރު 2023 - 13:15 1
މުހައްމަދު ޖަމްޝަތު ވަހީދު
1 ޑިސެންބަރު 2023 - 13:15 1
ބޭންކް އޮފް މޯލްޑިވްސް (ބީއެމްްއެލް) ގެ އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ޕްރޮމޯޝަން އެއް ލޯންޗްކޮށްފި އެވެ.
ބީއެމްއެލް އިން ބުނީ އެ ޕްރޮމޯޝަނަކީ އެ ބޭންކުން ދޫކޮށްފައިވާ އެމެކްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ކަސްޓަމަރުން ކުރާ ވިޔަފާރިތަކަށް ހާއްސަކޮށްގެން ތައާރަފްކުރި ޕްރޮމޯޝަނެއް ކަމަށެވެ.
އެ ޕްރޮމޯޝަނުގައި އެމެކްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވާ ދެ ފަރާތަކަށް 25،000ރ. އަގުހުރި ގިފްޓް ބަންޑަލް އެއް ލިބޭނެ އެވެ.
އޭގެ އިތުރުން އެމެކްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ވިޔަފާރިކޮށްގެން ކަސްޓަމަރުންނަށް ފިޓްނަސް، ކަލިނަރީ، ވެލްނަސް އަދި މުނިފޫހިފިލުވުމާ ގުޅުންހުރި ގިފްޓް ބަންޑަލް ހޯދުމުގެ ފުރުސަތު އެ ޕްރޮމޯޝަނުން ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.
މި ޕްރޮމޯޝަން ކުރިޔަށްދާނީ މި އަހަރުގެ ނިޔަލަށެވެ.
Comment