30 ނޮވެންބަރު 2023 - 11:07 1
އަމަން ހަލީމް
ފިނޭންސް މިނިސްޓްރީ: ސަރުކާރުގެ ސެކިއުރިޓީސް ކުރިން އެމްއެމްއޭއިން ވިއްކި ނަމަވެސް މިހާރު ވިއްކަނީ ފިނޭންސުން -- އަދަދު ފައިލް ފޮޓޯ
30 ނޮވެންބަރު 2023 - 11:07 1
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ން ގެޒެޓުކޮށްފައިވާ ސަރުކާރުގެ ސެކިއުރިޓީޒް ސެކަންޑްރީ މާކެޓުގައި މުއާމަލާތްކުރުމާ ބެހޭ ގަވާއިދާއެކީ، ސަރުކާރުގެ ސެކިއުރިޓީޒް ލިސްޓްކޮށް ގަނެވިއްކުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ސަރުކާރުގެ ސެކުއިރިޓީއެއް ނަމަ މިހާތަނަށް އަމަލުކުރަމުންދާ ގޮތަކީ އެ ގަނެ ރަައްކާކޮށްފައި ބޭއްވުމެވެ. އެ އެހެން ބަޔަކަށް އެ ވިއްކައިލެވޭނެ މަގު ފަހިވެފައެއް ނޯވެ އެވެ. އަހަރުތަކެއް ކުރިން ކޯޕަރޭޓް ސެކިއުރިޓީޒް ލިސްޓު ކޮށް ގަނެވިއްކަމުން އައި ނަމަވެސް، ސަރުކާރުގެ ސެކިއުރިޓީޒް ލިސްޓުކޮށް ގަނެވިއްކޭނެ ގޮތެއް ނޯވެ އެވެ. އަލަށް އަމަލުކުރަން ފެށި ގަވާއިދުގެ ނަތީޖާއަކީ އާންމު ރައްޔިތުންނަށް ސަރުކާރުގެ ސެކިއުރިޓީޒްގައި އިންވެސްޓްކުރުމުގެ މަގުފަހިވުމެވެ.
ދިވެހި ސަރުކާރުން ވިއްކާ ސެކުއިރިޓީސްތަކުގެ ތެރޭގައި ހިމެނެނީ ދިވެހި ރުފިޔާ ޓީ-ބިލާއި ޓްރެޝަރީ ބޮންޑާއި ހަތަރު ވައްތަރެއްގެ އިސްލާމިކް ސެކިއުރިޓީސް އެވެ.
މި ސެކުއިރިޓީތަކަކީ ސަރުކާރުން ޒިންމާވާނެ ރައްކާތެރި ފައިނޭންޝަލް ޕްރޮޑަކްޓެތަކެވެ. ބައެއް އެހެން ގައުމުތަކާ އަޅާބަލާއިރު ރަނގަޅު ނަފާއެއް ވެސް އިންވެސްޓަރުންނަށް ލިބެމުން އަންނަ އިންވެސްޓްމަންޓުތަކެވެ. ކުރިން ދޫކޮށްފައިވާ ބޮންޑުގެ ކޫޕަން ރޭޓް އަހަރަކަށް 9.875 ޕަސެންޓުގައި ވެސް އެބަހުއްޓެވެ. އަދި ޓްރެޝަރީ ބިލް ރޭޓް 4.60 ޕަސެންޓުގައި ވެސް އެބަހުއްޓެވެ. މި އަދަދުތަކަށް ބަލާނަމަ މިއީ އިންވެސްޓަރުން ގަޔާވާ އިންވެސްޓްމަންޓްތަކަކަށް ވާނެއެވެ.
ސީއެމްޑީއޭ އިން 'އަދަދު' ނޫހަށް މައުލޫމާތު ދިން ގޮތުގައި މިފަދަ ފައިނޭންޝަލް ޕްރޮޑަކްޓަކަށް އިންވެސްޓްކުރުމުން ކަނޑައެޅިފައިވާ ވަކި މުއްދަތެއްގެ ތެރޭގައި ޔަގީންކަމާއެކު ފައިދާ ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ. ހަމައެހެންމެ ސެކިއުރިޓީސް ދޫކުރާ އަދަދު އިތުރުވުމާއި ޖެހިލުމަކާއި ނުލައި ގަންނާނެ ފަރާތްތައް ތިބުމުގެ ނަތީޖާއަކީ، ސެކުއިރިޓީސްގައި ބޮޑަށް ލިކުއިޑިޓީ ދެމެހެއްޓިފައި އޮތުން ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
އޭގެ އިތުރުން މިކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް ވަރަށް ރައްކާތެރި ސެކިއުރިޓީޒްގައި އިންވެސްޓްކޮށް ނަފާ ހޯދުމުގެ ފުރުސަތާއި އިންވެސްޓްމަންޓް ޑައިވާސިފައި (ސިންދަފާތު) ކުރުމުގެ ފުރުސަތު ތަނަވަސްވާނެ ކަމަށް ސީއެމްޑީއޭ އިން ބުންޏެވެ.
ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަފުތާ ނޫން އޭގެ ކުރީ ހަފުތާގެ ބުރާސްފައްޗާ ހަމައަަށްސަރުކާރުން ދޫކޯށްފައިވާ ގިނަ ޓީ-ބިލާއި ބޮންޑަށް އިންވެސްޓްކޮށްފައި ވަނީ ބޭންކުތަކާއި ޕެންޝަން ފަންޑު ފަދަ މާލީ އިދާރާތަކާއި ސަރުކާރު ކުންފުނިތަކުންނެވެ. އަމިއްލަ ފަރާތްތަކުން ގަނެފައިވާ ޓީ-ބިލުގެ ޖުމްލަ އަގަކީ 104 މިލިއަން ރުފިޔާ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment