Advertisement

ހިޔާ ފްލެޓު ނިންމަން ހަރަދުވި ފައިސާ ދޭނެ ތާރީހު ސާފުކުރަން މިނިސްޓަރު ހައިދަރު މަޖިލީހަށް ހާޒިރުކުރަނީ

29 ނޮވެންބަރު 2023 - 14:56 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު : ހިޔާ ފްލެޓު ނިންމަން ހަރަދުވި ފައިސާ ދޭ މުއްދަތު ސާފުކުރަން މިނިސްޓަރު ހައިދަރު މަޖިލީހަށް ހާޒިރުކުރަނީ - ފޮޓޯ: ހައުސިން މިނިސްޓްރީ


ހިޔާ ފްލެޓު ނިންމަން ހަރަދުވި ފައިސާ ދޭނެ ތާރީހު ސާފުކުރަން މިނިސްޓަރު ހައިދަރު މަޖިލީހަށް ހާޒިރުކުރަނީ

29 ނޮވެންބަރު 2023 - 14:56 0

ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ހިޔާ ފްލެޓުތަކުގެ ފިނިޝިންއަށް ހަރަދުވި ފައިސާ އަނބުރާ ދޭނެ ތާރީހު ސާފުކުރަން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ނިންމައިފި އެވެ.

އެކަމާ ގުޅިގެން ހައުސިން މިނިސްޓަރަށް ސުވާލު ފޮނުއްވީ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒެވެ. އޭނާ ފޮނުއްވި ސުވާލުގައި އެދިފައި ވަނީ ފްލެޓް ނިންމަން ހަރަދުވި ފައިސާގެ ބަދަލުގެ ގޮތުގައި ދެ ލައްކަ ރުފިޔާ ދޭން ރާވަފައިވާ ގޮތާއި ތާރީހު އޮޅުންފިލުވުމަށެވެ.

އެ ސުވާލަށް މަޖިލީހުގެ ގަވާއިދުގެ 76 ވަނަ މާއްދާގައި ގޮތުގެ މަތިން ޖަވާބުދެއްވުމަށް މިނިސްޓަރުގެ އަރިހުން އަލީ ނިޔާޒު އެދިފައިވެ އެވެ. އެ މާއްދާގައި ބުނާގޮތުން ވަޒީރުންނާ ކުރާ މިފަދަ ސުވާލުތަކަށް ޖަވާބު ދޭންޖެހޭނީ މަޖިލީހުގެ ޖަލްސާއަކަށް ހާޒިރުވެގެންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް، ހިޔާ ފްލެޓުގެ ފިނިޝިންއަށް ހަރަދުވި ފައިސާ އަނބުރާ ދޭނެ ކަމަށް އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވެސް ވަނީ އިއްޔެ ވިދާޅުވެފަ އެވެ.

"ރައީސް ޑރ. މުއިއްޒު ވައުދުވި ގޮތަށް، ހިޔާ ފްލެޓު ހަދަން ހަރަދުކުރި ފައިސާ ހިޔާ ފްލެޓުގެ ވެރިންނަށް ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،" އޭނާގެ އެކްސް އެކައުންޓުގައި ފަޒުލް ލިޔުއްވާފައިވެ އެވެ.

ހިޔާ ފްލެޓުގެ ފިނިޝިންއަށް ހަރަދުވި ފައިސާ ދޭނީ އެވްރެޖު އަގެއް ކަނޑައެޅުމަށްފަހު ކަމަށް މުއިއްޒު ވިދާޅުވެފައިވެ އެވެ. އެއީ ދެ ލައްކަ ރުފިޔާ ކަމަށް ވެސް އެމަނިކުފާނު އެއިރު ވިދާޅުވެފައިވެ އެވެ.

"ވަރަށް ސާފުކޮށް މި ދަންނަވަނީ އެވްރެޖް އަގެއް ދޭނަމޭ. ދޭނަމޭ މި ވިދާޅުވީ ރައްޔިތުން އަތުން ދެއްކި ހަރަދު އަނބުރާ ރިކަވާ ކުރެވޭ ގޮތް، ވީހާވެސް ރަނގަޅަކަށް ކުރެވޭނެ ގޮތް، އެވްރެޖް އަގެއްގައި. ބައެއް ބޭފުޅުން ވަރަށް އަގުބޮޑުކޮށް އެބަހުރި އެޕާޓްމެންޓްތައް ހަދާފައި، އެހެންވީމަ އެއްކޮށް ކަވާ ނުވެދާނޭ. އެހެން ނަމަވެސް އެވްރެޖް އަގެއް ކަނޑައެޅީމައި އޭރު އަޅުގަނޑުމެން ހެދި ހިސާބުން ބަލާނަމަ އެވްރެޖްކޮށް ދެލައްކަ ރުފިޔާ އެއީ. އެހެންވީމަ އެ އަނބުރާ ދޭނަމެ. ކޮސްޓުން ކަނޑައިދޭނަމޭ،" ރިޔާސީ ކެމްޕޭނުގެ ތެރެއިން ރައީސް ވިދާޅުވެފައިވެ އެވެ.