Advertisement

ސަރުކާރުގެ 21 ކުންފުންޏަކަށް މެނޭޖިން ޑިރެކްޓަރުން އައްޔަނުކޮށްފި

28 ނޮވެންބަރު 2023 - 20:06 0

އަމަން ހަލީމް

އަމަން ހަލީމް

ފިނޭންސް މިނިސްޓްރީ އާއި ޕީސީބީ ހުންނަ އިމާރާތް: ސަރުކާރު ކުންފުނިތަކަށް ބޯޑު މެމްބަރުން އައްޔަންކުރުމާއި ވަކިކުރުމުގެ މަސްއޫލިއްޔަތު އަދާކުރަނީ ޕީސީބީން -- އަދަދު ފައިލް ފޮޓޯ


ސަރުކާރުގެ 21 ކުންފުންޏަކަށް މެނޭޖިން ޑިރެކްޓަރުން އައްޔަނުކޮށްފި

28 ނޮވެންބަރު 2023 - 20:06 0

ސަރުކާރު ހިއްސާވާ 21 ކުންފުންޏަކަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން މެނޭޖިން ޑިރެކްޓަރުން މިއަދު އައްޔަންކޮށްފި އެވެ.

ސަރުކާރު ބަދަލުވުމަށް ފަހު ސަރުކާރު ކުންފުނިތަކަށް މެނޭޖިން ޑިރެކްޓަރުން ހަމަނުޖެއްސުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ޕީސީބީގައި ޖަލްސާ ބާއްވަން ބޭނުންވާ އަދަދަށް މެމްބަަރުން ނެތުމާ ގުޅިގެންނެވެ.

ރައީސް މުއިއްޒު ވަނީ އިއްޔެ ނޫން އޭގެ ކުރީ ދުވަހު ޕީސީބީގެ ބޯޑު އަލުން އެކުލަވާލައި، ކުންފުނިތަކަށް ޑިރެކްޓަރުން އައްޔަންކުރަން އޮތް ގާނޫނީ ހުރަސް ނައްތަވާލައްވާފަ އެވެ. އަދި މިހާރު ޕީސީބީން މިވަނީ މި ސަރުކާރުން ބޭނުންވާ މީހުންނާ ކުންފުނިތައް ހިންގުން ހަވާލުކޮށްފަ އެވެ.

އެގޮތުން ކުންފުނިތަކަށް އައްޔަނުކުރި މެނޭޖިން ޑިރެކްޓަރުންނަކީ:

  • އެމްޑަބްލިޔުއެސްސީ - އަބްދުލް މަތީން މުހައްމަދު
  • އެމްޓީސީސީ - އަބްދުﷲ ޒިޔާދު
  • ސްޓެލްކޯ - ހުސައިން ފަހުމީ
  • އާބަންކޯ - އިބްރާހިމް ފަޒުލް ރަޝީދު
  • އެމްއޭސީއެލް - އިބްރާހިމް ޝަރީފް
  • އެމްޕީއެލް - މުހައްމަދު ވަޖީހު އިބްރާހިމް
  • އެސްޓީއޯ - ޝިމާދު އިބްރާހިމް
  • އައިލެންޑް އޭވިއޭޝަން - އިބްރާހިމް އިޔާސް
  • ވެމްކޯ - މުޖުތަބާ ޖަލީލު
  • އާސަންދަ - އައިމިނަތު ޒީނިޔާ
  • ފަހި ދިރިއުޅުން ކޯޕަރޭޝަން - ހަމްދާން ޝަކީލް
  • އެމްއައިޓީޑީސީ - ހައްވާ ޝިއުނާ ހާލިދު
  • ހައްޖު ކޯޕަރޭޝަން - މުހައްމަދު ޝަކީލް
  • ޓްރޭޑްނެޓް - ސައީދާ އުމަރު
  • ޕީއެސްއެމް - ޒީނާ ޒާހިރު
  • އާރުޑީސީ - ބްރިގޭޑިއާ ޖެނެރަލް (ރޓ) އަލީ ޒުހައިރު
  • ފެނަކަ - މުއާޒު މުހައްމަދު ރަޝީދު
  • ރީޖަނަލް އެއާޕޯޓްސް - އަހުމަދު މުބީން
  • އެމްއެފްއެމްސީ - އަހުމަދު ނާޒިމް
  • އެމްޓީޑީސީ - އަހުމަދު ނިޔާޒު

ފާހަގަކޮށްލަން ޖެހޭ ގޮތުގައި މެނޭޖިން ޑިރެކްޓަރުންނަށް ހަމަޖެއްސި މީހުންގެ ތެރޭގައި އަންހެނުން މަދެވެ. ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރައީސް މުއިއްޒު މީޑިއާތަކާ އެކީ ބޭއްވެވި "ނޫސްވެރިންގެ ގުންޒަރު"ގައި ވިދާޅުވީ ސަރުކާރުގެ އަށް ކުންފުންޏެއްގެ ހިންގުން ހަވާލުކުރާނީ ކަނބަލުންނާ އެވެ.

ނަމަވެސް, މިހާތަނަށް އައްޔަނުކުރި 21 މެނޭޖިން ޑިރެކްޓަރުންގެ ތެރޭގައި ހިމެނެނީ ހަތަރު ކަނބަލުންނެވެ.