Advertisement

ވިލާގެ އިންޓަނޭޝަނަލް ސޯޝަލް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސް އަންނަ ޖޫންގައި

29 ނޮވެންބަރު 2023 - 12:54 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ވިލާގެ އިންޓަނޭޝަނަލް ސޯޝަލް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސް އިއުލާނުކުރުން -- ފޮޓޯ: ވިލާ ކޮލެޖް


ވިލާގެ އިންޓަނޭޝަނަލް ސޯޝަލް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސް އަންނަ ޖޫންގައި

29 ނޮވެންބަރު 2023 - 12:54 0

ވިލާ ކޮލެޖުގެ އަށް ވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސާޗް އެންޑް އިނޮވޭޝަން (އައިސީއެސްއާރްއައި) އަންނަ އަހަރުގެ ޖޫން އަށެއް އަދި ނުވައެއްގައި ބާއްވަން އެ ކޮލެޖުން ނިންމައިފި އެވެ.

އިންސްޓިޓިއުޓް ފޯ ރިސާޗް އެންޑް އިނޮވޭޝަން (އައިއާރުއައި) އިން އިންތިޒާމު ކޮށްގެން ކޮންމެ އަހަރަކު ބާއްވާ ރިސާޗް ކޮންފަރެންސްގައި ތައުލީމީ ދާއިރާގެ އިތުރުން އެކި ސިނާއާތްތަކުން، އަދި މަދަނީ ޖަމިއްޔާތަކުން ތަފާތު ފަންތީގެ ބައިވެރިންނަށް ލިބިފައިވާ އިލްމާއި ތަޖުރިބާތައް ހިއްސާކުރެވޭނެ އެވެ.

މި ކޮންފަރެންސްގައި މޫސުމަށް އަންނަ ބަދަލުތަކާއި، ވަސީލަތްތައް ބެލެހެއްޓުމުން ފެށިގެން އިޖުތިމާއީ ހަމަހަމަކަމާއި، ޒިންމާދާރު ޓެކްނޮލޮޖީ އެޑޮޕްޓު ކުރުމުގެ މަޝްވަރާތައް ކުރާނެ އެވެ.

އަންނަ އަހަރުގެ ކޮންފަރެންސްގެ ޝިއާރަކީ "އިނޮވޭޝަންސް ފޯ ސަސްޓެއިނަބިލިޓީ: ފޯޖިން ދަ ޕެތް އަހެޑް" އެވެ. ކޮންފަރެންސްގެ ސްޕީކަރުންގެ ފަރާތުން ބައިވެރިންނަށް އިލްމު ހޯދުމާއި، ގުޅުންތައް ގާއިމްކުރުމުގެ ފުރުސަތެއް ލިބިގެންދާނެ އެވެ.

އޭގެ އިތުރުން ސިނާއަތުގެ ތެރެއިން ލޯކަލް އަދި އިންޓަނޭޝަނަލް ތަޖުރިބާކާރުންގެ ފަރާތުން ވަކިވަކިން ބޭއްވޭ ޕެނަލް ޑިސްކަޝަންތައް ހުށަހަޅާނެ އެވެ. ދިރާސާކުރާ ފަރާތްތަކަށް ފިޒިކަލީ ނުވަތަ އޮންލައިންކޮށް ކޮންފަރެންސަށް ކަރުދާސް ހުށަހެޅޭނެ އެވެ. އަދި, ރަޖިސްޓްރީ ކޮށްފައިވާ ބައިވެރިންނަށް އެއިން ކޮންމެ މޯޑެއްގެ ތެރެއިން ވެސް ބައިވެރިވެވޭނެ އެވެ.

އައިސީއެސްއާރްއައިގެ ހުރިހާ އިވެންޓްތަކާއި ސެޝަންތައް ފޭސްބުކް މެދުވެރިކޮށް ލައިވް ކުރާނެ ކަމަށާއި ކޮންފަރެންސްގެ ބްރޯޑްކާސްޓިން ޕާޓްނަރު މެދުވެރިކޮށް ޓީވީން ލައިވްކޮށް ދައްކާނެ ކަމަށް ވެސް ވިލާ ކޮލެޖުން މައުލޫމާތުދެ އެވެ.

ކޮންފަރެންސްއަށް ހުށަހަޅާ ހުރިހައި ކަރުދާސްތަކެއްގެ ތެރެއިން އެންމެ ރަނގަޅު ކަރުދާސް ހޮވިގެންދާނެކަމާއި، އެންމެ މޮޅަށް ހުށައެޅޭ ޕޭޕާ ޕްރެސެންޓޭޝަން ތަކުން ހަ ފަރާތަކަށް ބެސްޓް ޕްރެސެންޓޭޝަން އެވޯޑް ކުރެވޭނެ ކަމުގައި ވިލާ ކޮލެޖުން ބުނެ އެވެ.

މި ކޮންފަރެންސަށް އެބްސްޓްރެކްޓް ހުށަހެޅުމުގެ ފުރުސަތު މާޗް 10، 2024 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ކޮންފަރެންސްގެ ވެބްސައިޓުން ރަޖިސްޓްރީ ކުރެވޭނެ އެވެ. ރަޖިސްޓްރީ ކުރުމުގެ ސުންގަޑިއަކީ މެއި 11، 2024 އެވެ.