Advertisement

ހުލާސާކޮށް އިއްޔެ:މި ސަރުކާރުން ޔާމީންގެ މައްސަލައެއް ބަލަނީ!

28 ނޮވެންބަރު 2023 - 06:21 2

އާދީއްތަ ދުވަހުގެ ރޭ ޔާމީން ޕީޕަލްސް ނެޝަނަލް ފްރަންޓު އޮފީހުގައި. -- ފޮޓޯ: އަބްދުﷲ ޖަމީލް


ހުލާސާކޮށް އިއްޔެ:މި ސަރުކާރުން ޔާމީންގެ މައްސަލައެއް ބަލަނީ!

28 ނޮވެންބަރު 2023 - 06:21 2

މި މަހުގެ 17 ވަނަ ދުވަހުގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިންތިހާބު ކާމިޔާބުވެވަޑައިގެންނެވި އެއް ސަބަބަކީ ޖަލު ބަންދުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އެމްޕޭނުގައި އެންމެ ބޮޑުކޮށް ޖަހާފައި ހުރީ އެ މަނިކުފާނުގެ ފޮޓޯ އެވެ. އެމަނިކުފާނު މިނިވަންކުރާނެ ވާހަކަ ވިއްކި އެވެ. ނަމަވެސް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ވަނީ މަނިކުފާނުގެ މައްސަލައެއް ބަލަން ފަށައިފަ އެވެ.

އިންތިހާބަށް ފަހު ޔާމީނަށް ދިން ލުއިތަކާއެކު، ޕެރޯލް ގާނޫނާއި އެމަނިކުފާނު އެއްބަސްވެވަޑައިގެންނެވި އިގުރާރާ ހިލާފަށް ސިޔާސީ ހަރަކާތްތައް ހިންގަމުންދާތީ، ލުއިތައް އުވާލާނެ ކަމަށް ކަރެކްޝަންސްއިން އިންޒާރު ދީފައި ވަނިކޮށް, އަނެއްކާވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެވަޑައިގެންނެވި މައްސަލަ ބަލަން ފަށާފައިވާކަން ހާމަކުރީ އިއްޔެ އެވެ.

އެމަނިކުފާނު ކުރެއްވި ކަމަކީ ހަމައެކަނި ޕީޕަލްސް ނެޝަނަލް ފްރޮންޓުގެ އޮފީހަށް ޒިޔާރަތްކޮށްލުމެވެ. ކުރިން ޕީޕީއެމް އޮފީހުގެ ގޮތުގައި ބޭނުންކުރި އެ އޮފީހަށް ޒިޔާރަތް ކުރެއްވުމަށް ފަހު ސަޕޯޓަރުންނާ ވާހަކަ ދައްކަވާލުން ފިޔަވައި އިތުރު ކަމެއް އެ މަނިކުފާނު ނުކުރައްވަ އެވެ.

އެ މައްސަލައިގައި ކަރެކްޝަންސްގެ އޮފިޝަލަކު އިއްޔެ "އަދަދު" ނޫހަށް ވިދާޅުވީ ޔާމީން ސިޔާސީ ހަރަކާތެއްގައި ބައިވެރިވެވަޑައިގެންނެވި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި, އެ މައްސަލަ ބެލުމަށް ފަހު ފިޔަވަޅު އަޅަން ޖެހިއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

އެގާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ޔާމީން ގޭ ބަންދަށް ބަދަލުކުރީ މިދިޔަ އޮކްޓޯބަރު 1، ގަ އެވެ. އެއަށް ފަހު މާލޭ ސަރަހައްދުގައި ހަރަކާތްތެރިވެ އުޅެވޭ ގޮތަށް ލުއިތައް ދިނީ އޮކްޓޯބަރު 28، ވަނަ ދުވަހު އެވެ.

މާލޭ ބަންދަށް ބަދަލުކުރުމާއެކު ޔާމީން، ޕީޕީއެމް އޮފީހަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލު ކުރެއްވި އެވެ. އެއަށް ފަހު އޮކްޓޯބަރު 30، ގައި ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ޔާމީން ވާހަކަ ވެސް ދެއްކެވި އެވެ.

އެމަނިކުފާނުގެ އެ އަމަލުތަކާ ގުޅިގެން ކަރެކްޝަންސް އިން ވަނީ, ލުއިތައް އުވާލާނެ ކަމުގެ އިންޒާރު ދީފަ އެވެ.

މުހިންމު ބައެއް ހަބަރު