Advertisement

އެއާޕޯޓުގައި އަލުން އީ-ގޭޓް ބޭނުންކުރަން ފަށައިފި

27 ނޮވެންބަރު 2023 - 13:25 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓު -- ފޮޓޯ: އިޔާން/އަދަދު


އެއާޕޯޓުގައި އަލުން އީ-ގޭޓް ބޭނުންކުރަން ފަށައިފި

27 ނޮވެންބަރު 2023 - 13:25 0

ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުގައި އަލުން އީ-ގޭޓް ގެ ހިދުމަތް ބޭނުންކުރަން ފަށައިފި އެވެ.

އިމިގްރޭޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ބައިނައްލަގުވާމީ ދަތުރުފަތުރު ކުރާ ދިވެހިންނަށް "އިމުގާ" ޓްރެވެލާ ޑިކްލެރޭޝަން ފޯމު ފުރިހަމަ ކުރަން ނުޖެހޭ ގޮތަށް ހަމަޖެހުމާއި ގުޅިގެން އީ-ގޭޓްގެ ހިދުމަތް ވެސް ފަސޭހަކަމާއެކު މިހާރު ލިބޭނެ ކަމަށެވެ.

އީ-ގޭޓަކީ ކޮބާ؟


އީ-ގޭޓަކީ ބަޔޮމެޓްރިކް ޕާސްޕޯޓްތަކުގައި ޗިޕެއްގައި ރައްކާކޮށްފައި ހުންނަ ޑޭޓާގެ އިތުރުން ނަގާފައިވާ ފޮޓޯ ނުވަތަ އިނގިލީގެ ނިޝާނުގެ ޒަރިއްޔާއިން ޕާސްޕޯޓުގެ ވެރި ފަރާތް ކަށަވަރު ކުރާ އޮޓޮމެޓިކް ގޭޓެކެވެ. ޕާސްޕޯޓް ގެންގުޅޭ މީހާގެ އައިޑެންޓިފިކޭޝަން ޔަގީން ނުކުރެވިއްޖެނަމަ މި ގޭޓް ނުހުޅުވޭނެ އެވެ.

މި ހިދުމަތާއެކު ޕާސްޕޯޓްގައި އިމިގްރޭޝަން ތައްގަނޑު ޖަހަން މަޑުކުރާކަށް ނުޖެހޭނެ އެވެ.

އީ-ގޭޓް ބޭނުންކުރާނީ ކިހިނެއް؟

  • ބޯޑިން ޕާހުގެ ބާކޯޑު އިންނަ ފަރާތް ސްކޭނަރުގައި ޖައްސާލުމަށްފަހު، ޕާސް ރީޑް ކުރިކަމުގެ ހެޔޮ ފާހަގަ ސްކްރީނަށް އެރުމުން ޕާސް ނަންގަވާ,
  • ޕާސްޕޯޓުގެ ބަޔޯ ޑާޓާ ސަފުހާ ސްކޭނަރުގައި ޖައްސާލުމަށްފަހު، ރީޑް ކުރިކަމުގެ ހެޔޮ ފާހަގަ ސްކްރީނަށް އެރުމުން ޕާސްޕޯޓު ނަންގަވާ,
  • ޝަހާދަތް އިނގިލި ނުވަތަ ޕާސްޕޯޓާއި ހަވާލުވި ވަގުތު ވެރިފިކޭޝަނަށް ނަގާފައިވާ އިނގިލި ފިންގާ ޕްރިންޓް ރީޑަރުގައި ޖައްސާލުމަށްފަހު، ގޭޓް ހުޅުވުމުން ގޭޓް ހުރަސްކޮށް ވަޑައިގަންނަވާށެވެ.