Advertisement

މާލޭގެ މޭޔަރު ހޮވަަން ބާއްވާ ބައި-އިލެކްޝަން, ޖެނުއަރީ 13 އަށް ތާވަލުކޮށްފި

27 ނޮވެންބަރު 2023 - 12:07 0

ނިމާ ހަސަން

ނިމާ ހަސަން

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު; ކައުންސިލުތަކުގެ ބައި-އިލެކްޝަން ޖެނުއަރީގައި ބާއްވަން ވަނީ ނިންމާފައި -- ފޮޓޯ: އިޔާން/ އަދަދު


މާލޭގެ މޭޔަރު ހޮވަަން ބާއްވާ ބައި-އިލެކްޝަން, ޖެނުއަރީ 13 އަށް ތާވަލުކޮށްފި

27 ނޮވެންބަރު 2023 - 12:07 0

މާލެ ސިޓީ ކައުންސިލުގެ މޭޔަރާއި, ތިން ގޮނޑިއަށް މީހުން އިންތިހާބު ކުރުން އަންނަ ޖެނުއަރީ 13ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ, ކައުންސިލުތަކުގެ މަގާމުތައް ފުރުމަށް ބާއްވާ ބައި-އިލެކްޝަން ޖެނުއަރީ 13ގައި ބާއްވަން ނިމިދިޔަ ހަފްތާގައި އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އަދި މިއަދު މަގާމުތަކަށް ކުރިމަތިލާން ހުޅުވާލާނެ ކަމަށް ވިދާޅުވި އެވެ.

ހަބީބު ވިދާޅުވީ މާލެ ސިޓީ ކައުންސިލުގެ ހުސްވެފައިވާ މަގާމުތަކާއި, ވ. ރަކީދޫ ކައުންސިލުގެ މެންބަރެއްގެ އިތުރުން 18 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން ވެސް އެ ދުވަހު އިންތިހާބު ކުރާނެ ކަމަށެވެ.

ހަބީބު ވިދާޅުވި ގޮތުގައި ކައުންސިލުތަކުގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މާދަމައިން ފެށިގެން ޑިސެމްބަރު މަހުގެ 13އާ ހަމައަށް އޮންނާނެ އެވެ. ޖެނުއަރީ 13ގައި އިންތިހާބު ބޭއްވުމަށްފަހު އެ މަހު 15ގައި ރަސްމީ ނަތީޖާ އިއުލާނު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލޭގެ މޭޔަރު ކަމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު އެ މަގާމުން އިސްތިއުފާ ދެއްވީ, ރައީސްކަމުގެ ހުވާ ކުރެއްވުމަށެވެ. މުއިއްޒުގެ އިތުރުން އެ ކައުންސިލުގެ ތިން މެންބަރުން ވެސް އިސްތިއުފާ ދެއްވީ އަލަށް އެކުލަވާލާފައިވާ ސަރުކާރުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. އޭގެ ތެރޭގައި އަބްދުﷲ ނަސީރާއި އާދަމް ރަމީޒު ހިމެނެ އެވެ.