Advertisement

ކޮޕީރައިޓް ގާނޫނަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި

27 ނޮވެންބަރު 2023 - 12:38 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރާްއްޖޭގެ ބޭންޑެއް އޮލިމްޕަހުގައި ހުށަހެޅުމެއް ހުށަހަޅައިދެނީ. ފަންނުވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އެމީހުންގެ އުފެއްދުންތައް ރައްކާތެރި ނުކުރެވުން -- ރައީސް އޮފީސް


ކޮޕީރައިޓް ގާނޫނަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި

27 ނޮވެންބަރު 2023 - 12:38 0

ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނު ފުރިހަމަ ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް އެކުލަވައިލުމުގެ މަސައްކަތަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް އިކޮނިމިކް މިނިސްޓަރީން ހުޅުވާލައިފި އެވެ.

ރާއްޖޭގެ ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތައް ހިމާޔަތްކޮށްދީ، ދިވެހި ފަންނުވެރިންނާއި އުފެއްދުންތެރިންގެ އުފެއްދުންތައް ހިމާޔަތް ކުރުމަށް ރައީސް މުއިއްޒު އެކުލަވައިލެއްވި މަގުޗާޓުގައި ކޮޕީރައިޓު ގާނޫނު އިސްލާހު ކުރުމަކީ މި ސަރުކާރުގެ ފުރަތަމަ 14 ދުވަހު ފުރިހަމަ ކުރަން ވި ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އިކޮނޮމިކް މިނިސްޓަރީން މިއަދު އާންމު ކުރި އިއުލާނެއްގައި ވަނީ ފަންނުވެރިންނާއި އުފެއްދުންތެރިންގެ އުފެއްދުންތައް ހިމާޔަތްކޮށް، އިހުނަށްވުރެ ފަހި މާހައުލެއް ކަށަވަރު ކުރުމަށްޓަކައި މިހާރު އަމަލު ކުރަމުންދާ ކޮޕީރައިޓުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން ދާކަމަށް ބުނެފަ އެވެ.

އެ ގާނޫނަށް ގެނައުމަށް ބޭނުންވާ އެއްވެސް އިސްލާހެއް ނުވަތަ ގާނޫނާ ގުޅޭގޮތުން ހިޔާލެއް ވާނަމަ، އަންނަ މަހުގެ 10 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ނުވަތަ ލިޔުމުން އެ މިނިސްޓަރީއަށް ހުށަހެޅުމަށް ވަނީ އެދިފަައިވެ އެވެ.

ކޮޕީރައިޓު ގާނޫނެއް އެންމެ ފުރަތަމަ ފާސްކުރީ 2010 ވަނަ އަހަރު އެވެ. އޭރުގެ ރައީސް ނަޝީދު އެ ގާނޫނު ތަސްދީގު ކުރެއްވީ އެ އަހަރުގެ އޮކްޓޫބަރު މަހު އެވެ.

އެ ގާނޫނުގައި ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތައް ހިމާޔަތްކޮށްދިނުމާއި އެފަދަ ހައްގަކަށް އުނިކަމެއް ލިބިއްޖެނަމަ ކަނޑައޅާނެ އަދަބުތައް ހިމަނާފައިވެ އެވެ