Advertisement

މަގާމުތަކަށް އައްޔަން ކުރަން، މަޖިލީހަށް ސޯލިހު ފޮނުއްވި ނަންތައް ރައީސް މުއިއްޒު އަނބުރާ ގެންދަވައިފި

27 ނޮވެންބަރު 2023 - 10:05 1

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، މަޖިލީހަށް ފޮނުއްވި ނަންތައް ރައީސް މުއިއްޒު ވަނީ އަނބުރާ ގެންދަވާފައި - ފޮޓޯ: މަޖިލިސް


މަގާމުތަކަށް އައްޔަން ކުރަން، މަޖިލީހަށް ސޯލިހު ފޮނުއްވި ނަންތައް ރައީސް މުއިއްޒު އަނބުރާ ގެންދަވައިފި

27 ނޮވެންބަރު 2023 - 10:05 1

ބައެއް މިނިވަން މުއައްސަސާތަކުގެ މެމްބަރުކަމަށާއި ބައެއް ގައުމުތަކުގެ ސަފީރުކަމަށް އައްޔަން ކުރުމަށް ޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވާފައި ބައެއް ނަންތައް ރައީސް ޑރ. މުހައްމަދު މުއިއްޒު އަނބުރާ ގެންދަވައިފި އެވެ.

ރައީސް މުއިއްޒު އަނބުރާ ގެންދެވީ ބްރޯޑްކާސްޓިން ކޮމިޝަންއަށް މެމްބަރަކު އައްޔަން ކުރުމަށް ފޮނުވާފައިވާ ނަންތައް، ހިޔުމަން ރައިޓްސް ކޮމިޝަންއަށް މެމްބަރަކު އައްޔަން ކުރުމަށް ފޮނުވާފައިވާ ނަންތައް އަދި ބައެއް ގައުމުތަކުގެ ސަފީރުންގެ ގޮތުގައި އައްޔަން ކުރުމަށް ފޮނުވާފައިވާ ނަން ތަކެވެ.

ބްރޯޑްކޮމް އަށް އައްޔަންކުރަން ސޯލިހު ފޮނުއްވި ނަންތައް

  1. އައިމިނަތު ނުޒުހާ، ރިވޯޑް ހއ.ހޯރަފުށި
  2. ހުސައިން އަމްރު، ވ. ރޯޝަން
  3. ޝާން ސޯލިހު މުހައްމަދު، ފިނިވާދީ، ދ. ކުޑަހުވަދޫ
  4. މަރިޔަމް ނަރީމާން ޝަރީފް، މުޝްތަރީގެ، ގދ. ތިނަދޫ
  5. މަރިޔަމް މުނާ، ބޯގަންވިލާ، ސ. ފޭދޫ

އަނބުރާ ގެންދިޔުމަށް އެދިފައި ވަނީ ޗައިނާ، ޔޫއޭއީ، ބަންގްލަދޭޝް އަދި ޕާކިސްތާނަށް އައްޔަންކުރުމަށް ރައީސް ސޯލިހު ފޮނުއްވާފައިވާ ނަންތަކެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގައި މިހާރު ތިއްބެވީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ، ނަައިބު ރައީސް މުހައްމަދު ފަޒީން، އަލީ ޔޫސުފް، އާމިނަތު އަމީނާ، ޝިފްލާ އިބްރާހިމް އަދި ސަފާ ޝަފީގެވެ.

އެޗްއާރްސީއެމްގައި މިވަގުތު ތިއްބެވީ ރައީސް މަރިޔަމް މުނާ، މުއުމިނާ ވަހީދު، އާމިނަތު ޝިފާއަތު އަބްދުއްރައްޒާގް އަދި އަލްއުސްތާޒާ ސަމާއު އަހުމަދު ނަޖީބެވެ.