Advertisement

ހުލާސާކޮށް އިއްޔެ: ކޮވިޑު ޖެހިގެން ކުޑަކުއްޖަކު އެޑްމިޓުކުރުން

27 ނޮވެންބަރު 2023 - 06:36 0

އައިޖީއެމްއެޗް ހޮސްޕިޓަލް


ހުލާސާކޮށް އިއްޔެ: ކޮވިޑު ޖެހިގެން ކުޑަކުއްޖަކު އެޑްމިޓުކުރުން

27 ނޮވެންބަރު 2023 - 06:36 0

ދުވަސްތަކަކަށް ފަހު ކޮވިޑު-19 އަށް ޕޮޒިޓިވްވެގެން ކުޑަކުއްޖަކު އެޑުމިޓްކޮށްފި ކަމަށް ކުޑަކުދިންގެ ހާއްސަ ޑރ. އަހުމަދު ފައިސަލް އިއްޔެ ވިދާޅުވި އެވެ.

އެކްސްގައި ފައިސަލް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ކުއްޖާއަށް ކޮވިޑު ޖެހިފައި ވަނީ ބޭރުން އައި މީހެއްގެ ފަރާތުން ކަމަށާއި ހުރިހާ އެންމެން ވެސް އެކަމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.

ދެހާސް ނަވާރަ ވަނަ އަހަރުގެ ފަހުކޮޅު ދުނިޔޭގައި ފެތުރެން ފެށި ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑު-19 ގައި މުޅި ދުނިޔެއިން ހަ މިލިއަނަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. ކޮވިޑަކީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެކެވެ.

ކޮވިޑު-19 އިން ރައްކާތެރިވުމަށް ގިނަގިނައިން އަތް ދޮވުމާއި ލާ އަންނައުނު އަވަސްއަވަހަށް ބަދަލު ކުރުމުގެ އިތުރުން ބަލި މީހުން ގިނައި ތިބޭ ސަރަހައްދުތައް ނުވަތަ ހޮސްޕިޓަލް ފަދަ ތަންތަނަށް ޒިޔާރަތް ކުރާއިރު، މާސްކު އެޅުން ފަދަ ކަންކަން ކުރުމަށް ޑޮކްޓަރުން އިރުޝާދު ދެއްވަ އެވެ.

ދެހާސް ވިހި ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖެއިން ކޮވިޑު-19 އަށް 186،694 މީހުން ޕޮޒިޓިވްވެ 316 މީހުން މަރުވެފައިވެ އެވެ. މި އަހަރުގެ މިހާތަނަށް ކޮވިޑު ބަލީގައި ފަސް މީހަކު މަރުވެފައިވެ އެވެ.

މުހިއްމު ބައެއް ހަބަރު

ދުވަހުގެ ފޮޓޯ

ޗައިނާގެ ސަފީރާއި މަޖިލީހުގެ ރައީސް ސަލާމް ކުރައްވަނީ. -- ފޮޓޯ: މަޖިލީހުގެ އިދާރާ