Advertisement

އެމްއެންޔޫއިން ފެބްރުއަރީގައި ފަށާ 89 ކޯހަކަށް ކުރިމަތިލާން ހުޅުވާލައިފި

26 ނޮވެންބަރު 2023 - 15:15 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ، ފެބްރުއަރީގައި ފަށާ 89 ކޯހަކަށް ކުރިމަތިލާން ވަނީ ހުޅުވާލާފައި --- ފޮޓޯ: އަދަދު


އެމްއެންޔޫއިން ފެބްރުއަރީގައި ފަށާ 89 ކޯހަކަށް ކުރިމަތިލާން ހުޅުވާލައިފި

26 ނޮވެންބަރު 2023 - 15:15 0

މޯލްޑިވްސް ނެޝަނަލް ޔުނިވަސީޓީ (އެމްއެންޔޫ) އިން އަންނަ ފެބްރުއަރީ މަހު ފަށަން ނިންމާފައިވާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްއެންޔޫއިން 12 ދާއިރާއަކުން 89 ކޯހެއް އިއުލާންކޮށްފައި ވެ އެވެ. އޭގެ ތެރޭގައި ސިއްހީ ދާއިރާއާއި ތައުލީމީދާއިރާއާ ގުޅޭ ގިނަ ކޯސްތައް ހިމެނޭއިރު ސެޓްފިކެޓް ލެވެލްގެ ކޯސްތަކާއި ބެޗްލާސް ޑިގްރީ ފެންވަރުގެ ކޯސްތަަކަށްވެސް ވަނީ ހުޅުވާލާފަ އެވެ.

އެ ކޯސްތަކުގައި ކިޔަވަން ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި އަންނަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގެ ކުރިން ހުށަހަޅަންޖެހެ އެވެ. ކޯސްތަކަށް ވަންނަން އެދި ހުށަހަޅަންޖެހޭނީ އެމްއެންޔޫ ޕޯޓަލް މެދުވެރިކޮށެވެ.

ފެބްރުއަރީގައި ފަށާ ބައެއް ކޯސްތައް

  • ސިއްހީ ދާއިރާއިން 13 ކޯސް - އޭގެ ތެރޭގައި އެޑްވާންސް ސެޓްފިކެޓް، އެޑްވާންސް ޑިޕްލޮމާ، ބެޗެލާސް ޑިގްރީ އަދި މާސްޓާސް ފެންވަރުގެ ކޯސްތައް ހިމެނޭ.
  • ކޮމްޕިއުޓާ ސައިންސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން 3 ކޯސް - އޭގެ ތެރޭގައި އެޑްވާންސް ސެޓްފިކެޓް ކޯހަކާއި ބެޗެލާސް ޑިގްރީގެ ދެ ކޯހެއް ހިމެނޭ.
  • ތައުލީމީ ދާއިރާއިން 12 ކޯސް - އޭގެ ތެރޭގައި އެޑްވާންސް ސެޓްފިކެޓް، ބެޗެލާސް ޑިގްރީ، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އަދި މާސްޓާސް ފެންވަރުގެ ކޯސްތައް ހިމެނޭ.
  • އިމާރާތް ކުރުމުގެ ދާއިރާއިން 7 ކޯސް - އޭގެ ތެރޭގައި ހިމެނެނީ ސެޓްފިކެޓް 3 ގެ ކޯސްތަކާއި ޑިޕްލޮމާ އަދި ބެޗެލާސް ޑިގްރީގެ ކޯސްތައް.
  • ސައިންސްއާ ގުޅުން ހުރި ދާއިރާއިން 7 ކޯސް - އޭގެ ތެރޭގައި ހިމެނެނީ އޭގެ ތެރޭގައި ހިމެނެނީ ޑިޕްލޮމާ، އެޑްވާންސް ޑިޕްލޮމާ އަދި ބެޗެލާސް ޑިގްރީގެ ކޯސްތައް.
  • ވިޔަފާރި ދާއިރާއިން 7 ކޯސް - އޭގެ ތެރޭގައި އެޑްވާންސް ސެޓްފިކެޓް، ބެޗެލާސް ޑިގްރީ، އަދި މާސްޓާސް ފެންވަރުގެ ކޯސްތައް ހިމެނޭ.
  • އެކައުންޓިން ދާއިރާއިން 3 ކޯސް - އޭގެ ތެރޭގައި ހިމެނެނީ އޭއޭޓީ ލެވެލް 2 އަދި 3ގެ އިތުރުން އޭސީސީއޭ ފެންވަރުގެ ކޯސްތައް.

މީގެ އިތުރުން ގާނޫނީ ދާއިރާއިން ހަތް ކޯހަކާއި، ފަތުރުވެރިކަމުގެ ދާއިރާގެ ނުވަ ކޯހަކާއި ބަހާއި ފަންނުގެ ދާއިރާއިން 12 ކޯހަކާއި މެރިޓައިމް ދާއިރާއިން ދެ ކޯހަކާއި އިންޓަނޭޝަނަލް ރިލޭޝަންސް، ޖާނަލިޒަމް، ޕޮލިޓިކްސްގެ ތިން ކޯހެއްގެ އިތުރުން ފައުންޑޭޝަން ހަތަރު ކޯހެއް ހިމެނެ އެވެ.