Advertisement

ރީޖަނަލް އެއާޕޯޓްސްއަށް މުބީން، އާބަންކޯއަށް ފަޒުލް، ޕީއެސްއެމްއަށް ޒީނާ

26 ނޮވެންބަރު 2023 - 15:11 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ޒީނާ, ފަޒުލް އަދި މުބީން. ސަރުކާރުން ކުންފުނިތަކަށް މީހުން އައްޔަނު ކުރެވިފައި ނުވަނީ ޕީސީބީ ހުއްޓިފައި އޮތުމުން. އެކަން ވަނީ ހައްލުކޮށްފައި. ---


ރީޖަނަލް އެއާޕޯޓްސްއަށް މުބީން، އާބަންކޯއަށް ފަޒުލް، ޕީއެސްއެމްއަށް ޒީނާ

26 ނޮވެންބަރު 2023 - 15:11 0

މި ސަރުކާރުގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އާބަންކޯ އަދި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ހިންގުން ހަވާލުކުރަން ނިންމާފައިފާ މީހުން "އަދަދު" ނޫހަށް އެނގިއްޖެ އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ބޯޑު މެމްބަރުން ހަމަނުވެ އޮތުމާ ގުޅިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ވެރިން އައްޔަނުކުރެވިފައި ނުވެ އެވެ. ނަމަވެސް, ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބޯޑަށް މިހާރު މެމްބަރުން އައްޔަނުކޮށްފަ އެވެ.

"އަދަދު" ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ތިން ކުންފުންޏަކަށް ވެރިން އައްޔަނު ކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ވެސް ގެންދަނީ ކުރަމުންނެވެ.

އެގޮތުން, ރީޖަނަލް އެއާޕޯޓްސްއަށް އައްޔަނުކުރަނީ 18 ވަނަ މަޖިލީހުގައި ބިލެއްދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އަހުމަދު މުބީން އެވެ.

އާބަންކޯއަށް އައްޔަނުކުރަނީ މިހާރު ވެސް މަޖިލީހުގައި ފެލިދޫ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ އިބްރާހިމް ފަޒުލް ރަޝީދެވެ. އޭނާ ވަނީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާފަ އެވެ.

އޭގެ އިތުރުން, ޕީއެސްއެމްއަށް އައްޔަނުކުރަން ނިންމާފައިވަނީ ޒީނާ ޒާހިރު އެވެ. އޭގެ ކުރިން އޭނާ ވަނީ ބްރޯޑްކާސްޓިން ކޮމިޝަން އޮފް މޯލްޑިވްސް (ބްރޯޑްކޮމް) ގެ މެމްބަރުކަން ކުރައްވާފަ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މިހާތަނަށް ވެރިން އައްޔަނުކޮށްފައި ނުވެ އެވެ. އަދި, ޕީސީބީން ވަނީ ވެރިން އައްޔަނު ނުކުރެވި ހިނގާ މުއްދަތުގައި ކުންފުނިތަކުން ބޮޑު ނިންމުންތައް ނުނިންމަން އަންގާފަ އެވެ.