މާލެއާ ހުޅުމާލެއާ ދެމެދު އެމްޓީސީސީން އޮޕަރޭޓްކުރާ ބޮޑު ބަހެއް، އާ ޕްލޭންގައި އޮތް ގޮތުން ބޮޑެތި ބަސްތައް އޮޕަރޭޓްކުރުން ހުއްޓައިލަން ޖެހޭ. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
މާލެ ސަރަހައްދުގައި މިހާރު ދުއްވާ ބޮޑެތި ބަސްތައް ދުއްވުމުން މަގުތަކުގެ ތޮއްޖެހުން އިތުރަށް ބޮޑުވާތީ އޭގެ ބަދަލުގައި ކުދި ބަސްތައް ގެންނަން "މާލެ ފަހި ޕްރޮގްރާމް" ގެ ނަމުގައި ސަރުކާރުގެ ރޭ ތައާރަފްކުރި ޕްރޮގްރާމް ގައި ހިމަނައިފި އެވެ.
މާލެ ސަރަހައްދުގެ މަގުތަކަކީ އަމާން، ރައްކާތެރި މަގުތަކަކަށް ހަދަން ޓްރާސްޕޯޓު މިނިސްޓަރީން އިސްނަގައިގެން މާލެފަހި ނަމުގައި ޕްރޮގުރާމެއް އިފްތިތާހުކުރީ ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ރައީސް ޑރ.މުހައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވި ޕްރޮގުރާމަކީ މާލެ ސަރަހައްދުގެ މަގުތަކުގައި އެއްގަމު އުޅަނދުތައް ތޮއްޖެހި މަގުތައް ކާރޫބާރޫ ބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ.
އެ ޕްރޮގްރާމް ކުރިއަށް ދާނެ ގޮތުގެ ތަފްސީލު ހިމަނައި ރޭ ނެރުނު ކަރުދާހުގައި ވާ ގޮތުން ތޮއްޖެހިފައިވާ މަގުތަކުގައި ބޮޑެތި ބަސްތައް ދުއްވާތީ ޓްރެފިކް ތޮއްޖެހުމުގެ މައްސަލަ އިތުރަށް ގޯސްވެ، ބަސްތައް އޮޕަރޭޓްކުރަން ދަތިވެފައިވާ ކަމަށެވެ.
"...ވުމާއެކ،ު ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށް މާލެ އަދި ހުޅުމާލ ގެ އެތެރ ގައި ދުއްވުމަށް އެކަށ ނަ ކުދި ސައިޒުގެ ބަހަށް ބަދަލުކޮށް ބަސް ރޫޓުތަކުގެ ފްރީކުއެންސީ އިތުރުކޮށ،ް ބަދަލު ގެންނަން ޖެހިފައި ވެއެވެ،" މާލެ ފަހި ޕްރޮފްރާމްގެ ކަރުދާހުގައި ބުނެފައި ވެ އެވެ.
ބަހުގެ ހިދުމަތަށް މިފަދަ ބަދަލެއް ގެންނަ އިރު ކަރުދާހުގައިވާ ގޮތުން، މާލެ ސަރަހައްދުގައި ސަލާމަތީ ގޮތުން ރައްކާތެރި އިތުބާރު ހިފޭ ޓެކްސީ ލައިނެއް ގާއިމް ކުރުމަކީ ވެސް އެ ޕްރޮގްރާމްގައި ކުރާނެ ކަމެކެވެ. އެގޮތުން ގާއިމްކުރާ ޓެކްސީލައިންގައި ބޭނުންކުރާނީ ފްރީލާންސް އުސޫލުން ވަކި އެޕްލިކޭޝަނެއް މެދުވެރިކޮށް ކޮންޓްރޯލްކުރާ ކާރުތަކެކެވެ.
"...މި ޓެކްސީ ލައިންގެ ކާރުތައް ފްރީލާންސް އުޞޫލުން ވަކި އެޕްލިކ ޝަނެއް މެދުވެރިކޮށް ކޮންޓްރޯލްކޮށ،ް ދުއްވުމުގެ ފުރުޞަތު އެކަމަށް ޝައުޤުވެރިވާ ދިވެހިންނަށް ހުޅުވާލައިގެން ފުރުޞަތު ދިނުމަށްވަނީ ހަމަޖެހިފައިވެއެވެ. މިގޮތަށް ހަމަޖެއްސުމުން ޑްރައިވަރުންނާއި ފަސިންޖަރުންނަށް ވެސް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެގެން ދާނެއެވެ،" މާލެ ފަހި ޕްރޮގްރާމްގެ ކަރުދާހުގައި ބުނެފައި ވެ އެވެ.
Comment