Advertisement

ފޭދޫ ކޯޓުން ޕީޖީ އޮފީސް ޖޫރިމަނާކުރި އަމުރުގެ އިސްތިއުނާފު ބަލައިގެންފި

26 ނޮވެންބަރު 2023 - 12:07 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް؛ ޕީޖީ އޮފީސް ޖޫރިމަނާ ކުރި އަމުރުގެ އިސްތިއުނާފު ބަލައިގެންފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ފޭދޫ ކޯޓުން ޕީޖީ އޮފީސް ޖޫރިމަނާކުރި އަމުރުގެ އިސްތިއުނާފު ބަލައިގެންފި

26 ނޮވެންބަރު 2023 - 12:07 0

އައްޑޫ ސިޓީ ފޭދޫ މެޖިސްޓްރޭޓު ކޯޓުން އަމުރުކޮށްފައިވާ ބައެއް މައުލޫމާތުތައް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނުދިން މައްސަލައެއްގައި އެ އޮފީސް 10،000ރ. އިން ޖޫރިމަނާ ކުރުމަށް ކުރި އަމުރުގެ އިސްތިއުނާފު ހައި ކޯޓުން ބަލައިގެންފި އެވެ.

ޕީޖީ އޮފީހުގެ އިސްތިއުނާފު ބަލައިނުގަތުމަށް ހައި ކޯޓުގެ ރަޖިސްޓްރާ ފުރަތަމަ ނިންމި އެވެ. އޭގެ ފަހުން އެ އޮފީހުން ވަނީ އެ ނިންމުން މުރާޖައާ ކޮށްދިނުމަށް އެދި ހައި ކޯޓުގެ ފަނޑިޔާރުންގެ ޕެނަލަށް ހުށަހަޅައިފަ އެވެ. އެނގިފައިވާ ގޮތުގައި ފަނޑިޔާރުންގެ ޕެނަލުން ވަނީ އެ އިސްތިއުނާފު ބަލައިގަތުމަށް މިހާރު ނިންމައިފަ އެވެ.

ހައި ކޯޓުގެ ރަޖިސްޓްރާގެ ނިންމުމުގައި ބުނަނީ، ހައި ކޯޓުގައި އިސްތިއުނާފް ކުރެވޭނީ ދަށު ކޯޓަކުން ނެރޭ އަމުރުތަކާއި ޝަރީއަތުގެ ކުރީގެ ނިންމުންތައް ކަމަށެވެ. ހަވާލާދީފައިވަނީ ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދަށެވެ. އަދި ފޭދޫ ކޯޓުގެ ނިންމުމަކީ އެފަދަ ނިންމުމެއް ނޫން ކަމަށް ބުނެފައިވެ އެވެ.

އެ މައްސަލައިގައި ކޯޓުން ހާމަކުރަން އެންގީ ދައުލަތުގެ ހެކިވެރިންގެ ހައްޔަރު ރެކޯޑެވެ. އެ މައުލޫމާތު ހާމަކުރަން ޖެހޭނެ ކަމަށް ނިންމި ނިންމުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ތާއީދު ކޮށްފައި އޮތް ނަމަވެސް ދައުލަތުން އެ ގޮތަށް އަމަލެއް ނުކުރެ އެވެ.

ޕީޖީ އޮފީހުން ބުނާ ގޮތުގައި އެ މައުލޫމާތަކީ ފުލުސް އޮފީހުން ބަލަހައްޓާ މައުލޫމާތެކެވެ.