Advertisement

މަސްކްގެ ޕޯސްޓެއްގެ ސަބަބުން އެކްސްއަށް 75 މިލިއަން ޑޮލަރުގެ ގެއްލުން ވާނެ: ރިޕޯޓް

27 ނޮވެންބަރު 2023 - 11:24 0

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު


މަސްކްގެ ޕޯސްޓެއްގެ ސަބަބުން އެކްސްއަށް 75 މިލިއަން ޑޮލަރުގެ ގެއްލުން ވާނެ: ރިޕޯޓް

27 ނޮވެންބަރު 2023 - 11:24 0

ބޮޑެތި ބްރޭންޑްތަކުގެ މާކެޓިން ކެމްޕޭންތައް މެނދުކަނޑާލުމުން، ސޯޝަލް މީޑިއާ ކުންފުނި އެކްސް (ކުރީގެ ޓްވިޓާ) އަށް އިސްތިހާރުގެ އާމްދަނީގެ ގޮތުގައި ލިބެންޖެހޭ 75 މިލިއަނަށް ވުރެ ގިނަ ޑޮލަރު މިއަހަރު ގެއްލޭނެ ކަމަށް ލަފާކޮށްފި އެވެ.

ބޮޑެތި ބައެއް ބްރޭންޑްތަކުން އެކްސްގައި އިސްތިހާރުކުރުން ހުއްޓާލާފައިވަނީ، ޔަހޫދީންނާއި ދެކޮޅަށް ޕްލެޓްފޯމްގައި ކޮށްފައިވާ ޕޯސްޓަކަށް އެކުންފުނީގެ އޯނަރު އީލޯން މަސްކް ތާއީދުކުރުމުންނެވެ. އިސްތިހާރު ކުރުން ހުއްޓާލި ކުންފުނިތަކުގެ ތެރޭގައި، އިޒްރޭލު އަދި ޔަހޫދީންނަށް ތާއީދުކުރާކަމަށް ތުހުމަތުކުރެވޭ ޑިޒްނީ، ވާނާބްރޯސް އަދި ކޮކާކޯލާގެ އިތުރުން އެތައް ކުންފުންޏެއް ހިމެނެ އެވެ.

"ދަ ނިއު ޔޯކް ޓައިމްސް" ގައި ކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ އެކްސްގެ އެތެރޭގެ ލިޔުންތަކުން ދައްކާ ގޮތުގައި 200 އަށް ވުރެ ގިނަ ބޮޑެތި ކުންފުނިތަކުން ވަނީ އިސްތިހާރު ކުރުން ހުއްޓާލާފަ ކަމަށެވެ. މި ރިޕޯޓާ މެދު އެކްސްއިން އެއްޗެއް ބުނެފައެއް ނުވެ އެވެ.

ނަމަވެސް އެކްސް އިން ހުކުރު ދުވަހު ބުނެފައިވަނީ މިކަމުގެ ސަބަބުން ގެއްލޭނެކަމަށް ލަފާކުރެވޭ އަދަދަކީ 11 މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް ބައެއް ކުންފުނިތަކުން އެނބުރި އައުމާ އެހެން ކުންފުނިތަކުން ހޭދަކުރާ މިންވަރު އިތުރުކުރުމުގެ ސަބަބުން އަދަދު އެއަށް ވުރެ ވެސް ދަށްވާނެ ކަމަށް އެކްސްއިން ވަނީ ލަފާކޮށްފަ އެވެ.

އެކްސްގައި ޔަހޫދީންނާ ދެކޮޅަށް ކުރާ ޕޯސްޓްތައް ކައިރީގައި ބޮޑެތި ކުންފުނިތަކުގެ އިސްތިހާރު ދައްކާކަމުގެ ތުހުމަތުކޮށް، ވޮޗްމީޑިއާ ގްރޫޕް "މީޑިއާ މެޓާސް" އިން ވަނީ މިދިޔަ ހަފްތާ ރިޕޯޓްކޮށްފަ އެވެ. އެ ރިޕޯޓްގެ މައްސަލާގައި އެކްސް އިން ވަނީ އެއީ "އޮޅުވާލުމެއް" ކަމަށް ވަނީ މީޑިއާ މެޓާސްއާ ދެކޮޅަށް ދައުވާކޮށްފަ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މަސްކް ޓްވިޓާ ގަތުމަށް ފަހު ގެންނަން ފެށި ބޮޑެތި ބަދަލުތަކާ އެކު ބައެއް ކުންފުނިތައް ވަނީ އެ ޕްލެޓްފޯމް ދޫކޮށްދާން ފަށާފަ އެވެ. އެގޮތުން އޭގެ ކުރިޔާ އަޅާބަލާއިރު އިސްތިހާރުގެ އާމްދަނީ 55 ޕަސެންޓު ދަށަށް ގޮސްފައިވާ ކަމަށް މާހިރުން ލަފާކުރެ އެވެ.