Advertisement

ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީން މަޝްވަރާ ކޮށްފި

26 ނޮވެންބަރު 2023 - 09:50 2

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީން މަޝްވަރާ ކޮށްފި

26 ނޮވެންބަރު 2023 - 09:50 2

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީން ރޭ މަޝްވަރާ ކޮށްފި އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ރޭ ބޭއްވި ބައްދަލުވުމުގައި ވަނީ ކެބިނެޓުން ފަސް މިނިސްޓަރަކަށް ރުހުން ނުދޭން މަޝްވަރާ ކޮށްފަ އެވެ. އޭގެ ތެރެއިން ދެ މިނިސްޓަރަކަށް ރުހުން ނުދިނުމަށް ޕީޖީ ގްރޫޕް އިއްތިފާގުވެ އެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގައި 22 ވަޒީރުން ތިއްބަވަ އެވެ. އެ ބޭފުޅުންނަށް ރުހުން ދިނުމުގެ މައްސަލަ މިހާރު އޮތީ ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީ ގަ އެވެ. އެއީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އެވެ.

އެމްޑީޕީން ވަނީ އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓަށް ބަދަލުތަކެއް ގެނައުމަށްވެސް ރޭގެ ބައްދަލުވުމުގައި މަޝްވަރާކޮށްފަ އެވެ.

މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީ އަަށް ހުށަހަޅަން ފެންނަ ބަދަލުތަކުގެ ތެރޭގައި ރައީސް މުއިއްޒު އެދިވަޑައިގެން ފުށި ދިއްގަރު ހިއްކުމަށް ހިމަނާފައިވާ 400 މިލިއަން ރުފިޔާ ސަރުކާރުގެ އެހެނިހެން ހައުސިން މަޝްރޫއުތަކަށް އެލޮކޭޓުކުރުން ހިމެނެ އެވެ.

ގިނަ މެމްބަރުން ފާހަގަކުރިގޮތުގައި، ފުށި ދިއްގަރު މަޝްރޫއު ކުރިއަށްގެންދަން ދައުލަތުން ބޮޑު ހަރަދެއް ކުރަން ނުޖެހޭ ފޯމިއުލާއެއް ބޭނުންކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާތީ، އެހާ ބޮޑު އަދަދެއް އެ މަޝްރޫއަށް ހަރަދުކުރުމަކީ ބޭނުންތެރިކަމެއް ނޫނެވެ.

މަޖިލީހުގައި އެމްޑީޕީގެ 55 ގެ މެމްބަރުން ތިއްބަވަ އެވެ. އެއީ މަޖިލީހުގެ މެޖޯރިޓީ ކަމަށް ވާތީ ވަޒީރަކަށް ރުހުން ނުދޭން ފާސްކުރުމުގެ ބާރު އެޕާޓީއަށް އެބަ އޮތެވެ.