Advertisement

ކާޑު ލިމިޓަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވެއްޖެ

28 ނޮވެންބަރު 2023 - 11:01 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ތުރުކީގައި ތިބި ދިވެހި ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަނީ. އެ މީހުންގެ ކަންބޮޑުވުންތައް ރައީސް ވަނީ އަޑުއައްސަވާފައި --- ފޮޓޯ: ރައީސް އޮފީސް


ކާޑު ލިމިޓަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވެއްޖެ

28 ނޮވެންބަރު 2023 - 11:01 0

ރާއްޖޭން ބޭރުން މާލީ މުއާމަލާތް ކުރުމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކަނޑައަޅާފައިވާ ކާޑު ލިމިޓު އުވާލައި އެއަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ ތުރުކީއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އިއްޔެ އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލު ކުރައްވައި އެ މީހުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

އޭގެ އިތުރުން ރާއްޖޭގެ އެމްބަސީއެއް ތުރުކީގައި ގާއިމު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މަޝްވަރާ ކުރައްވާނެ ކަމަށާއި އަންނަ އަހަރުން ފެށިގެން ދިވެހިންނަށް ހާއްސަކޮށް ތުރުކީން 30 ސޮކްލަޝިޕު ދޭން ފަށާނެ ކަމަށް ވެސް ރައީސް ހާމަކުރެއްވި އެވެ.

ތުރުކީގެ ނޭޝަންސް ލައިބްރަރީގައި ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިން ވަނީ ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ނެތުމުން ކުރިމަތިވާ ގޮންޖެހުންތަކާއި ރާއްޖެއިން ބޭރުގައި ބީއެމްއެލްގެ އެކައުންޓުތަކުން ފައިސާ ނެގޭ އަދަދު ލިމިޓު ކޮށްފައި އޮތުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކުގެ ވާހަކަ ރައީސް އާ ހިއްސާކޮށްފަ އެވެ.

އެކިއެކި ތަމްރީނުތައް ފުރިހަމަ ކުރުމަށް ތުރުކީއަށް ގޮސް ތިބި ފަރާތްތަކަށް ޗުއްޓީގައި އަނބުރާ ރާއްޖެއަށް އައުމަށް ހުރި ގޮންޖެހުންތައް ވެސް ރައީސްއާ ހިއްސާކޮށްފައިވެ އެވެ. އޭގެއިތުރުން ތަމްރީނުގެ އިތުރު ފުރުސަތުތަކާއި ސްކޮލަޝިޕު ފުރުސަތުތައް ދިވެހިންނަށް މިހާރަށް ވުރެ ބޮޑަށް ފަހިކޮށްދެއްވުމަށް ތުރުކީގައި ދިރިއުޅެމުންދާ ދިވެހިން ވަނީ ރައީސްގެ އަރިހުން އެދިފަ އެވެ.

އެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު ރައީސް މުއިއްޒު ވަނީ ތުރުކީގައި ދިރިއުޅޭ ދިވެހިންނަށް ދެވެން އޮތް ހުރިހާ ލުޔެއް ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

އެ ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސް ވަނީ، ތުރުކީވިލާތަކީ ރާއްޖޭގެ އިގުތިސާދު ކުރިއެރުވުމަށާއި، ރާއްޖެއަށް ފައިދާހުރި އެކި ދާއިރާތަކުން އެހީތެރިވެދޭ ގައުމެއްގެ ގޮތުގައި ފާހަގަކުރައްވައިފަ އެވެ. އަދި މުސްތަގުބަލުގައި ތުރުކީވިލާތާ އެކު މިހާރަށްވުރެ ގާތްގުޅުމެއް އުފެއްދޭނެކަމުގެ ޔަގީންކަން އޮތްކަމުގައި އެމަނިކުފާނު ވިދާޅުވި ،އެވެ

ރުން ރާއްޖޭން ބޭރުގައި ކިޔަވާ ހުރިހާ ކުދިންނަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށާއި، ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާކޮށްގެން އެކަންކަން ފަސޭހަކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މީގެ އިތުރުންވެސް ސަރުކާރުގެ ފުރިހަމަ ސަޕޯޓް ބޭރުގައި ކިޔަވާ ހުރިހާ ކުދިންނަށް ލިބޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.