Advertisement

މޮނާކޯ އަތުން ޕީއެސްޖީ އަށް ބޮޑު މޮޅެއް

25 ނޮވެންބަރު 2023 - 08:52 0


މޮނާކޯ އަތުން ޕީއެސްޖީ އަށް ބޮޑު މޮޅެއް

25 ނޮވެންބަރު 2023 - 08:52 0

ޕެރިސް (ނޮވެމްބަރު 25) - ފްރެންޗް ލީގުގެ އެއް ވަނައިގައި އޮތް ޕީއެސްޖީން ލީގުގެ ތިން ވަނައިގައި އޮތް މޮނާކޯގެ އަތުން 5-2 އިން ބޮޑު މޮޅެއް ހޯދައިފި އެވެ.

ލީގުގެ އެއް ވަނައިގައި ޕީއެސްޖީ އޮތީ 13 މެޗުން 30 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ނީސް އަށް ވަނީ މެޗުން 26 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް މޮނާކޯގެ އޮތީ 13 މެޗުން 24 ޕޮއިންޓެވެ.

ޕީއެސްޖީ ދަނޑުގައި ރޭ ކުުޅުނު މެޗުގެ 18 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިނީ ގޮންކާލޯ ރާމޯސް އެވެ. އޭގެ ހަތަރު މިނިޓް ފަހުން ރީބައުންސް ބޯޅައެއް ގޯލަށް ފޮނުވާލައިގެން، މޮނާކޯ އަށް އެއްވަރުކޮށްދިނީ ޓަކޫމީ މިނަމީނޯ އެވެ. މެޗުގެ 39 ވަނަ މިނިޓްގައި ކީލިއަން އެމްބާޕޭ ޖެހި ޕެނަލްޓީން ޕީއެސްޖީން ދެ ވަނަ ފަހަރަށް ލީޑުނެގި އެވެ.

މެޗުގައި ޕީއެސްޖީން ޖެހި ހަތަރު ވަނަ ލަނޑު ކާމިޔާބުކުރީ 70 ވަނަ މިނިޓްގައި އޮސްމާން ޑެމްބެލޭ އެވެ. އޭގެ ދެ މިނިޓް ފަހުން، ވިޓީނިއާ ވަނީ ޕީއެސްޖީ އަށް އިތުރު ލަނޑެއް ޖަހައިދީފަ އެވެ.

މޮނާކޯ އަށް މެޗުގެ 75 ވަނަ މިނިޓްގައި ފޮލަރިން ބަލޮގަން ގޯލެއް ޖަހައިދީފަވަނިކޮށް، ޕީއެސްޖީން މެޗުގެ ތިން ޕޮއިންޓް ކަށަވަރުކުރީ އިތުރު ވަގުތުގައި ރަންޑަލް ކޯލޯ މުއާނީ ޖެހި ގޯލުންނެވެ.

ލުއިސް އެންރީކޭގެ ކޯޗުކަމުގައި ކުޅެމުން އަންނަ ޕީއެސްޖީ އަށް ލީގުގެ ފުރަތަމަ މެޗުތަކުގައި އުނދަގޫތަކެއް ކުރިމަތިވި ނަމަވެސް އެ ޓީމުން ވަނީ މިހާރު ފޯމު ރަނގަޅުކޮށްފަ އެވެ.