Advertisement

ބޮޓްސްވާނާ އިންޓަނޭޝަނަލް: ނިބާލް، ޒަޔާން، ނަބާ އަދި ނަބީ ގަދަ 16 އަށް

24 ނޮވެންބަރު 2023 - 10:32 1


ބޮޓްސްވާނާ އިންޓަނޭޝަނަލް: ނިބާލް، ޒަޔާން، ނަބާ އަދި ނަބީ ގަދަ 16 އަށް

24 ނޮވެންބަރު 2023 - 10:32 1

މިހާރު ކުރިއަށްދާ ބޮޓްސްވާނާ އިންޓަނޭޝަނަލް 2023 ބެޑްމިންޓަން މުބާރާތުގެ ގަދަ 16 ބުރުން ގައުމީ ބެޑްމިންޓަން ޓީމުގެ ޒަޔާން ޒަކީ، ނިބާލް އަހުމަދު، އައިމިނަތު ނަބީހާ (ނަބީ) އަދި ފާތިމަތު ނަބާހާ (ނަބާ) ފުރުސަތު ހޯދައިފި އެވެ.

ފިިރިހެން ސިންގަލްސްގެ ގަދަ 32 ކުޅުންތެރިން ވާދަކުރި ބުރުގައި ޒަޔާން ނުކުތީ ޒެމްބިއާގެ ކަލޮމްބޯ މުލެންގާއާ ދެކޮޅަށެެވެ. އޭނާ އަތުން ޒަޔާން މޮޅުވީ ދެ ސެޓު އެއް ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 21-10، 17-21 އަދި 21-14 އިންނެވެ. ގަދަ 16 ބުރުގައި ޒަޔާން ކުޅެން ޖެހޭނީ މޮރިޝަސްގެ ކެމްޓިޝް ރާއީއާ އެވެ.

ނިބާލް ވަނީ ގަދަ 32 ކުޅުންތެރިންގެ ބުރުގައި ބޮޓްސްވާނާގެ ޓްރިނިޓީ ޕޭކޯ އަތުން 21-07، 21-11 އިން މޮޅުވެފަ އެވެ. ގަދަ 16 ބުރުގައި ނިބާލް ކުޅޭނީ ހަތް ވަނަ އަށް ސީޑްކޮށްފައިވާ އިނގިރޭސި ކުޅުންތެރިޔާ، ނަދީމް ދާލްވީއާ އެވެ.

ރާއްޖޭގެ މުހައްމަދު އަޖުފާން ވަނީ ގަދަ 32 ކުޅުންތެރިންގެ ބުރުގެ މެޗުން ބަލިވެފަ އެވެ. އަޖުފާން ބަލިވީ ފަސް ވަނަ އަށް ސީޑްކޮށްފައިވާ ދެކުނު އެފްރިކާގެ ކާޑެން ކަކޯރާ އަތުން 21-10، 21-13 އިންނެވެ.

އަންހެން ސިންގަލްސް އަށް ބަލާއިރު، ނަބާ ވަނީ ގުރު ނެގިއިރު ވެސް ގަދަ 16 ކުޅުންތެރިންގެ ބުރުން ފުރުސަތު ލިބިފަ އެވެ. ނަބީ އަށް ގަދަ 16 އިން ފުރުސަތު ލިބުނީ ގަދަ 32 ކުޅުންތެރިންގެ ބުރުން ބޮޓްސްވާނާގެ އަމާންޓްލޭ އަތުން 21-01، 21-02 އިން މޮޅުވެގެންނެވެ. ގަދަ 16 ބުރުގައި ނަބީ ކުޅޭނީ އެއް ވަނަ އަށް ސީޑްކޮށްފައިވާ ދެކުނު އެފްރިކާގެ ޖޮހާނިޓާ ޝޮލްޓްޒްއާ އެެވެ. ނަބާ ބައްދަލުކުރާނީ މޮރިޝަސްގެ ވިލީނާ އަޕީއާއާ އެވެ.