Advertisement

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް މިރޭ އުކުޅަހުގައި ބާއްވަނީ

23 ނޮވެންބަރު 2023 - 13:41 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އެމްޑީޕީއިން އެންމެ ފަހުން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ކުރީގެ ރައީސް ސޯލިހު : އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް މިރޭ އުކުޅަހުގައި - ފޮޓޯ: އަދަދު


އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް މިރޭ އުކުޅަހުގައި ބާއްވަނީ

23 ނޮވެންބަރު 2023 - 13:41 0

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހާއްސަ ޖަލްސާއެއް މިރޭ އއ. އުކުޅަހުގައި ބާއްވަން ނިންމައިފި އެވެ.

މި ޖަލްސާގައި ބައިވެރިވާ އެމްޑީޕީގެ ގިނަ އިސް އޮފިޝަލުން މިހާރު ވަނީ އުކުޅަހަށް ދަތުރުކޮށްފަ އެވެ. އޭގެ ތެރޭގައި ނިމިދިޔަ ސަރުކާރުގެ ވަޒީރުންނާއި މަޖިލިސް މެންބަރުން ވެސް ހިމެނެ އެވެ.

އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިދާރީ އިބްރާހިމް ވަހީދު "އަދަދު" އަށް ވިދާޅުވީ މިއީ އެމްޑީޕީގެ ކުރިއަށް އޮތް ހަރަކާތްތައް ރޭވުމަށް ބާއްވާ ޖަަލްސާއެއް ކަމަށެވެ. އެ ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިނުގަންނަވާކަން ވެސް އޭނާ ކަށަވަރުކޮށްދެއްވި އެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާއެއް އެންމެ ފަހުން ބޭއްވީ ރިޔާސީ އިންތިހާބުގައި ކުރިމަތިވި ނާކާމިޔާބީއަށްފަހު، އޮކްޓޯބަރު 3، ގަ އެވެ.

އެ ޖަލްސާގައި މަޝްވަރާކުރީ ރާއްޖޭގެ ވެރިކަންކުރާ ނިޒާމު ބަދަލުކުރުމަށް އެ ޕާޓީގެ ކުރީގެ ރައީސްގެ އާ ޕާޓީ، ދަ ޑިމޮކްރެޓްސް އިން ހުށަހެޅި ހުށަހެޅުމަށެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުން އެރޭ ނިންމީ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރުމަށެވެ.