Advertisement

ޓެކްސް މާފުކުރާ ލިސްޓަށް މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމާއި ވީއައިއޭގެ މަޝްރޫއުތައް އިތުރުކޮށްފި

23 ނޮވެންބަރު 2023 - 17:07 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

ވީއައިއޭގައި ތަރައްގީކުރާ އާ ޕަސިންޖާ ޓާމިނަލް، މި މަޝްރޫއިން ޓެކްސް މާފްކުރަން ރައީސް މުއިއްޒު ވަނީ ނިންމަވާފަ --- ފޮޓޯ:އަބްދުﷲ އިޔާން/އަދަދު


ޓެކްސް މާފުކުރާ ލިސްޓަށް މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމާއި ވީއައިއޭގެ މަޝްރޫއުތައް އިތުރުކޮށްފި

23 ނޮވެންބަރު 2023 - 17:07 0

ރާއްޖޭގައި އެކި ޕްރޮޖެކްޓުތައް ހިންގާ ކުންފުނިތަކަށް އެ ޕްރޮޖެކްޓުތަކުން ލިބޭ އާމްދަނީން ޓެކްސް އިސްތިސްނާދޭ އުސޫލުގެ ދަށުން އިތުރު ތިން މަޝްރޫއެއް ހިންގާ ކުންފުނިތަކުން ޓެކްސް ދައްކަން ނުޖެހޭ ގޮތަށް ހަދައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ވިޔަފާރި ޕްރޮޖެކްޓުތަކާއި ދާއިރާތަކުން ލިބޭ އާމްދަނީން ޓެކްސް ދެއްކުމުން ހާއްސަ އިސްތިސްނާ ދެވެ އެވެ.

ޕްރޮޖެކްޓުތައް ހިންގާ ކުންފުނިތައް ޓެކުހުން އިސްތިސްނާ ކުރެވޭ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް އިންކަމް ޓެކްސްގެ ގާނޫނަށް ބަދަލުގެނެސް ތަސްދީގު ކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

ރައީސް ޑރ. މުހައްމަދު ވެރިކަމާ ހަވާލުވެ ވަޑައިގެން ޓެކްސް އިސްތިސްނާވާ އުސޫލުގެ ދަށުން އިތުރު ތިން ކުންފުންޏެއް ވަނީ މި ލިސްޓުގައި ހިމަނާފަ އެވެ. އެ ކުންފުނިތަކަކީ:

  • ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ތަރައްގީކުރުމަށް ސައުދީ ބިންލާދިން ގްރޫޕް ކޮމްޕެނީ އަށް ދީފައިވާ މަޝްރޫއު. މި ޕްރޮޖެކްޓުގެ އަގަކީ 540 މިލިއަން ޑޮލަރު. 20 ޖުލައި 2025ގެ ނިޔަލަށް އެ ކުންފުނިން އިންކަމް ޓެކްސް ދައްކާކަށް ނުޖެހޭނެ.
  • ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ތަރައްްގީކުރުމަށް ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީއަށް ދީފައިވާ މަޝްރޫއު. މި ޕްރޮޖެކްޓުގެ އަގަކީ 360 މިލިއަން ޑޮލަރު. 20 ޖުލައި 2025ގެ ނިޔަލަށް އެ ކުންފުނިން އިންކަމް ޓެކްސް ދައްކާކަށް ނުޖެހޭނެ.
  • މިފްކޯ ތަރައްގީކުރުމަށް އިންޑިއާގެ އޯޕީޓީ އިންޓަނޭޝަނަލް ލިމިޓެޑް އަށް ދީފައިވާ މަޝްރޫއު. މި މަޝްރޫއަކީ 2.9 ބިލިއަން ޑޮލަރުގެ ބިޔަ ޕްރޮޖެކްޓެއް. 27 މޭ 2026 ގެ ނިޔަލަށް އެ ކުންފުނިން އިންކަމް ޓެކްސް ދައްކާކަށް ނުޖެހޭނެ.

މިދިޔަ ސަރުކާރުގައި ވެސް ވަނީ ރާއްޖޭގައި ހިންގަމުން އަންނަ ބިޔަ 20 ޕްރޮޖެކްޓަކުން ޓެކްސް އިސްތިސްނާކޮށްފަ އެވެ. އެފަހަރު ޓެކްސް އިސްތިސްނާކުރީ މުޅިން ވެސް އިންޑިއާގެ ކުންފުނިތަކުން ހިންގާ ޕްރޮޖެކްޓުތަކުންނެވެ. ތިލަމާލެ ބްރިޖް ޕްރޮޖެކްޓާއި ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ ޕްރޮޖެކްޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ ޕްރޮޖެކްޓާއި އައްޑޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ޕްރޮޖެކްޓުގެ އިތުރުން ފަހި ދިރުއުޅުން ފްލެޓުތަކުގެ ޕްރޮޖެކްޓުވެސް ހިމެނެ އެވެ.