23 ނޮވެންބަރު 2023 - 10:24 0
ރައްޔާން މުހައްމަދު
23 ނޮވެންބަރު 2023 - 10:24 0
އޯޕެންއޭއައިގެ ބޯޑުން ވަކި ކުރި އެކުންފުނީގެ ސީއީއޯ ސޭމް އަލްޓްމަން، އަލުން ކުންފުނީގެ ސީއީއޯގެ މަގާމާއި ހަވާލުވުމަށް އެއްބަސްވުމަކަށް އާދެވިފައިވާކަމަށް އެކުންފުނިން ބުނެފި އެވެ.
އޯޕެންއޭއައި އިން އިއްޔެ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އައު ބޯޑަކާ އެކު ސޭމް އަލްޓްމަން ކުންފުންޏަށް އެނބުރި އައުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިކަމާއި ގުޅޭ އިތުރު ތަފްސީލުތައް ހަމަޖެއްސުމަށް މަޝްވަރާކުރެވެމުންދާކަމަށް ވެސް އެކުންފުނިން ބުނެފައިވެ އެވެ.
އޯޕެންއޭއައި އިން ކޮށްފައިވާ ޕޯސްޓް
އައު ބޯޑުގައި ހިމެނެނީ އެމެރިކާގެ ކުރީގެ ޓްރެޝަރީ ސެކެޓްރީ ލެރީ ސަމާސް އަދި ސުވާލު ވެބްސައިޓް "ކޯރާ"ގެ ސީއީއޯ އެޑަމް ޑިއެންޖެލޯ އެވެ. ބޯޑް ޗެއާ ކުރާނީ ގޫގުލް މެޕްސްގެ ކޯ ކްރިއޭޓާ ބްރެޓް ޓޭލާ އެވެ.
ކުންފުނިން އަލްޓްމަން ދުރުކުރުމާ އެކު، އޯޕެންއޭއައިގެ ގިނަ އަދަދެއްގެ މުވައްޒަފުންވަނީ، އަލްޓްމަން އަށް އޮތް ތާއީދު ހާމަކޮށްފަ އެވެ. އަދި ބައެއް މުވައްޒަފުން ވަނީ ކުންފުނި ދޫކޮށްލާނެކަމުގެ އިންޒާރު ދީފަ އެވެ.
އެގޮތުން މުވައްޒަފުން ވަނީ އަލްޓްމަން ވަކިކުރި ބޯޑު މެންބަރުން އިސްތިއުފާދިނުމަށް ގޮވާލައިފަ އެވެ. އަދި އެއާއެކު އަލްޓްމަން އަށް އަލުން ސީއީއޯގެ މަގާމު ނުދީފިނަމަ އޯޕެންއޭއައި ދޫކޮށް މައިކްރޯސޮފްޓަށް ދާނެ ކަމަށް އެ މުވައްޒަފުން ވަނީ ބުނެފަ އެވެ.
އަލްޓަމަން ވަކި ކުރުމާއެކު އޯޕެންއޭއައިގެ ކޯ ފައުންޑާ އަދި ރައީސް ގްރެގް ބްރޮކްމަން ވެސް ވަނީ އިސްތިއުފާދީފަ އެވެ. އަލްޓަމަންއާ އެކު ބްރޮކްމަން ވެސް އެނބުރި އަންނާނެ އެވެ.
އަލްޓްމަން ވަކިކޮށްފައިވަނީ އޭނާޔާ މެދު އޮތް "އިތުބާރު ގެއްލިފައިވާ" ކަމަށް ތުހުމަތުކޮށެވެ. އަދި ބޯޑަށް އެދެވޭ ވަރަށް މުއާމަލާތުނުކުރާކަމަށް ވެސް ބޯޑު މެމްބަރުން ވަނީ ބުނެފަ އެވެ.
އަލްޓްމަން ވަކި ކުރުމާއެކު މައިކްރޯސޮފްޓް އިން ވަނީ އޭނާ އަށް އެކުންފުނީގެ އޭއައި ރިސާޗް ޓީމަށް އައުމަށް ހުށަހަޅާފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment