Advertisement

ހުލާސާކޮށް އިއްޔެ:ރައީސް ޑރ. މުއިއްޒު ތިލަމާލެ ބްރިޖުގެ މަސައްކަތް ބައްލަވައިލެއްވުން

23 ނޮވެންބަރު 2023 - 07:32 0

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ވަޒީރުން ތިލަމާލެ ޕްރިޖުގެ މަސައްކަތް ކުރިޔަށްދާ ގޮތް ބައްލަވައިލައްވަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ހުލާސާކޮށް އިއްޔެ:ރައީސް ޑރ. މުއިއްޒު ތިލަމާލެ ބްރިޖުގެ މަސައްކަތް ބައްލަވައިލެއްވުން

23 ނޮވެންބަރު 2023 - 07:32 0

މާލެ-ތިލަފުށި ބްރިޖުގެ މަސައްކަތްތައް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ބައްލަވައިލެއްވި އެވެ.

ރައީސް މުއިއްޒުގެ އަރިހުގައި ކެބިނެޓުގެ ބައެއް ވަޒީރުންނާއި ރައީސްގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުالله ވެސް ބްރިޖުގެ މަސައްކަތް ކުރިއަށްދާ ސައިޓުތަކަށް ވަޑައިގަތެވެ.

ކުރީ ސަރުކާރުގައި ފެށި މި ބްރިޖުގެ މަޝްރޫއަކީ އިންޑިއާއިން ފަންޑުކޮށްގެން ހިންގާ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނަކާއި, އިންޑިއާއިން ދޭ ހިލޭ އެހީގެ ގޮތުގައި 100 މިލިއަން ޑޮލަރެވެ.

ބުރިޖުގެ މުހިންމު މައުލޫމާތު


ދިގުމިން: 6.7 ކިލޯ މީޓަރު ހަރަދު: 7.7 ބިލިއަން ރުފިޔާ ކޮންޓްރެކްޓަރު: އިންޑިއާގެ އެފްކޮންސް ބްރިޖުގެ މަސައްކަތުގައި: 1،500 މީހުން ގުޅިފަޅާ ހަމައަށް 50 ތަނބު

މި ބްރިޖުން ގުޅާލަނީ މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށްޓެވެ. މަޝްރޫއުގެ މަސައްކަތް އެކި ސަބަބުތަކާ ހުރެ ލަސްވެފައި ވާއިރު، އާ ސަރުކާރުގެ އަމާޒަކީ ސްޕީޑް ހަލުވިކޮށް ވީހާ ވެސް އަވަހަކަށް މަޝްރޫއު ނިންމުމެވެ.

އެކަމަށް އިންޑިއާ އާއި ރާއްޖޭގެ މަންދޫބުން ހިމެނޭ ކޮމިޓީއެއް ނަގާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

މުހިއްމު ބައެއް ހަބަރު

ދުވަހުގެ ފޮޓޯ


ބްރިޖުގެ މަސައްކަތް ދަނީ ބާރަށް ކުރިއަށް. ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ވަޒީރުން އިއްޔެ ވަނީ އެ މަސައްކަތް ބައްލަވައިލައްވާފައި. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު